އިންޑިއާއިން ހަމަޖައްސައިދިން 565 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އިތުރު ތަފުސީލެއް ސަރުކާރުން މިހާތަނަށް ދީފައެއް ނުވެ އެވެ. ކްރެޑިޓް ލައިންއަކީ ލޯނެކެވެ.
ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ހާއްސަކޮށް 565 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 8.7 ބިލިއަން ރުފިޔާ) ގެ ކްރެޑިޓް ލައިނެއް ހަމަޖައްސައިދީފި އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާއިން ހަމަޖައްސައިދިން 565 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އިތުރު ތަފުސީލެއް ސަރުކާރުން މިހާތަނަށް ދީފައެއް ނުވެ އެވެ. ކްރެޑިޓް ލައިންއަކީ ލޯނެކެވެ. އެެހެންވެ ލޯނެއްގައިނަމަ ލޯނު އަދާކުރަން ޖެހޭ މުއްދަތަކާއި އިންޓްރެޓް ރޭޓެއް ވެސް އޮންނާނެ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށް އެއްބަސްވުން ބަދަލު ކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެސްޓާނަލް އެފެއާޒް މިނިސްޓަރު އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު އެވެ.
އިންޑިއާއިން މިދިޔަ ސަރުކާރުގެ ދުވަސްވަރުވެސް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދީފައިވެ އެވެ. މި ކްރެޑިޓް ލައިންއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިންޑިއާގެ އެފްކޮންސް ކުންފުނިން އަޅާ ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުމުގެ މަޝްރޫއުތައް ހިމެނެ އެވެ.