21 ބަޑީގެ ސަލާމަކާއެކު މޯދީއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

މޯދީއަށް މަރްހަބާ ދެންނެވުމުގެ ގޮތުން، އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ސަގާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފަ އެވެ. އަދި ދިވެހި އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެ އެވެ.

މޯދީއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފި އެވެ.

މިރަސްމިއްޔާތު އޮތީ މެންދުރުފަހު، ޖުމްހޫރީ މައިދާނުގަ އެވެ. މޯދީ ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

މޯދީއަށް މަރްހަބާ ދެންނެވުމުގެ ގޮތުން، އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ސަގާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފަ އެވެ. އަދި ދިވެހި އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެ އެވެ.

މި ރަސްމިއްޔާތުގައި މޯދީ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފަ އެވެ. އަދި، މޯދީއަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރުހަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމާއި އިންޑިއާ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުން ވެސް އޮތެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތްތައް ބައްލަވާލެއްވުމަށް ފަހު، މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް މޯދީ ވަޑައިގަތީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާ އެކުގަ އެވެ. އެއަށްފަހު ރައީސް އޮފީހަށް ވަދެވަޑައިގެން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން މިއަދު ރަސްމީ މަޝްވަރާތައް ފަށާނެ އެވެ. އަދި މުހިންމު އެއްބަސްވުންތަކުގައި ވެސް ސޮއިކުރުން އޮންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.