ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ޑިސެނައިކާ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނައިކާ އަންނަ ހޯމަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ޑިސެނައިކާ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޑިސެނައިކާ ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ލަންކާގެ ރައީސް ޑިސައިނަކާ ރާއްޖެ އަށް މި ވަޑައިގަންނަވަނީ ރާއްޖެ އާއި ލަންކާއާ ދެމެދުގައި ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ.