އިންޑިއާގެ ބޮޑު ވަޒީރަށް ރާއްޖޭން ރަތް ދޫލައިގެ މަރުހަބާއެއް

ބޮޑު ވަޒީރު އެއާޕޯޓުން ބޭރަށް ވަޑައިތަމުން ސްކޫލް ކުދިންގެ ހުށަހެޅުމެއް އޮތެ އެވެ. އަދި ރަސްމީ ފާލަން ކައިރީ ތިބި އިންޑިއާގެ ބައެއް ރައްޔިތުންނާ ބައްދަލުކޮށްފައިވެ އެވެ.

އިންޑިއާގެ ބޮޑު ވަޒީރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގަތުމުން ރާއްޖޭން ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މޯދީ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ދެ ދުވަހުގެ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގެންފައި މިވަނީ ރައީސްގެ ދައުވަތަކަށެވެ. މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މޯދީގެ މި ދަތުރުފުޅުގައި ރައީސްއާއެކު ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުތަކާ ގުޅޭ ގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާނެ އެވެ. އަދި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ކަންކަން އޮންނާނީ މިއަދު މެންދުރު ފަހު އެވެ. 

ބޮޑު ވަޒީރު އެއާޕޯޓުން ބޭރަށް ވަޑައިތަމުން ސްކޫލް ކުދިންގެ ހުށަހެޅުމެއް އޮތެ އެވެ. އަދި ރަސްމީ ފާލަން ކައިރީ ތިބި އިންޑިއާގެ ބައެއް ރައްޔިތުންނާ ބައްދަލުކޮށްފައިވެ އެވެ. މި ބައްދަލުވުން ކުރިއަށް ދިޔައިރު އެ ގައުމުގެ ރައްޔިތުން ވަނީ އިންޑިއާގެ ރަސްމީ ބައެއް ޝިއާރުތައް ފާޅުކޮށްފަ އެވެ.

މިއީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތްފަހުން މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން 2019 އަދި 2020 ވަނަ އަހަރު މޯދީ ވަޑައިގެންފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.