މޯދީގެ ދަތުރުފުޅުން ފެނިގެންދަނީ އިންޑިއާއިން ދިވެހި ރައްޔިތުންނަށް ކުރާ އިހުތިރާމް: ސޯލިހު

އެ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ގޮތުން ޖެއްސުމާއި ފުރައްސާރަ ކުރިޔަސް ރާއްޖެ-އިންޑިއާގެ ގުޅުމަށް ބުރޫ ނާރާނެކަން މޯދީގެ މި ދަތުރުފުޅުން ހާމަވެގެންދާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މާދަމާ ރާއްޖެއަށް ކުރައްވާ ދަރުތުފުޅުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ކުރާ އިހުތިރާމާއި ގަދަރު ފެނިގެންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާދަމާއިން ފެށިގެން ދެ ދުވަހަށް މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް ސޯލިހު ވަނީ މިއަދު ބަޔާނެއް ނެރުއްވާފަ އެވެ.

އެ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ގޮތުން ޖެއްސުމާއި ފުރައްސާރަ ކުރިޔަސް ރާއްޖެ-އިންޑިއާގެ ގުޅުމަށް ބުރޫ ނާރާނެކަން މޯދީގެ މި ދަތުރުފުޅުން ހާމަވެގެންދާ ކަމަށެވެ. އަދި، ދެ ގައުމުގެ ގުޅުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މޯދީގެ މި ދަތުރުފުޅުން އިންޑިއާއިން ދިވެހި ރައްޔިތުންނަށް ކުރާ އިހުތިރާމު ހާމަވެގެންދާ ކަމަށެވެ.

މޯދީ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅު ވަރަށް ކާމިޔާބުވާނެކަން ޔަގީން ކުރައްވާ ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އެ ބަޔާނުގައި އެމަނިކުފާނު ވަނީ މޯދީ ރާއްޖެއަށް ވަޑައިގަންނަވާތީ މަރުހަބާ ދަންނަވާފަ އެވެ. އަދި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މޯދީއަށް ދައުވަތު ދެއްވިކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވާފައިވެ އެވެ.

ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވަވާފަ އެވެ. އެހެންވެ، އޭރުގެ އިދިކޮޅުގައި ތިބި (މިހާރު ސަރުކާރުގައި ތިބި) ބޭފުޅުން ވަރަށް ބޮޑަށް އެ ސަރުކާރަށް ފާޑުވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.