އެޕްރެންޓިސް ޕްރޮގްރާމް ހިންގަން އެމްޕީއެލް އިން އެމްއެންއެސްޑީއޭއާއެކު ސޮޔެއް

މި ފަހުމުނާމާގެ ދަށުން އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ (ޕީޓީސީ) އިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ޕްރޮގްރާމްތަކުގެ ކޮލިޓީ އެޝުއަރަންސް އެމްއެންއެސްޑީއޭ އިން ކަށަވަރުކުރާނެ އެވެ.

އެންޓީޓީސީ ހިންގަން އެމްޕީއެލް އާއި އެމްއެންއެސްޑީއޭއާ ދެމެދު ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން -- އެމްޕީއެލް

ނެޝެނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން (އެންޓީޓީސީ) ހިންގުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ފަހުނަމާނާއެއްގައި އެމްޕީއެލް އާއި މޯލްޑިވްސް ނެޝަނަލް ސްކްލިސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އާ ދެމެދު ސޮއިކޮށްފިއެވެ.

އެމްއެންއެސްޑީއޭގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް ލާރނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާއެވެ. އެމްއެންއެސްޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒަހްރާ މުހައްމަދެވެ.

މި ފަހުމުނާމާގެ ދަށުން އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ (ޕީޓީސީ) އިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ޕްރޮގްރާމްތަކުގެ ކޮލިޓީ އެޝުއަރަންސް އެމްއެންއެސްޑީއޭ އިން ކަށަވަރުކުރާނެ އެވެ. އަދި އެމްޕީއެލްއިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ހިންގުމުގައި އެމް.އެން.އެސް.ޑީ.އޭއިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ އިން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު ވެސް ތައުލީމާއި ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގަ އެވެ. އަދި މީގެ އިތުރުން، ޒުވާނުން މެރިޓައިމް ދާއިރާއަށް ވައްދައި، ޝައުގުވެރިކަން އިތުރުކުރުމަށް އިންޓާރންޝިޕް އަދި އެޕްރެންޓިސް ޕްރޮގްރާމްތައްވެސް ޕޯޓް ޓްރެއިން ސެންޓަރއިން ކުރިއަށް ގެންދެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.