އަހަރީ ދުވަހާ ގުޅިގެން އެމްޑީޕީން ބާއްވާ ދުވުން އަންނަ މަހު އެކަކަށް ފަސްކޮށްފި

ނަމަވެސް މިއަދު އެ ޕާޓީން ބުނެފައި ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އޮގަސްޓް އެއްވަނަ ދުވަހު ހުޅުމާލޭގައި ދުވުން ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. ދުވުން އޮންނާނީ އެންމެ ފުރަތަމަ ވެސް ނިންމި ގޮތަށް، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގަ

އެމްޑީޕީން މީގެ ކުރިން ބޭއްވި ހިނގާލުމެއް

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވަން އުޅުނު "ރަން ރީނދޫ" ދުވުން އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފި އެވެ.

ނިމިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން އެކި ހަރަކާތްތައް ބާއްވަން އޮތީ ރާވާފަ އެވެ. އޭގެ ތެރެއިން އެއް ހަރަކާތަކީ ދަންމަރެއް ހިފައިގެން ހުޅުމާލޭ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގައި ދުވުމެއް ބޭއްވުމެވެ.

އެ ދުވުން ބާއްވަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުއްދަ ނުދިނުމުން، މާލޭގެ މަޖީދީ މަގުގައި މާދަމާ ދުވުމަށް އޮތީ ރާވާފަ އެވެ. 

ނަމަވެސް މިއަދު އެ ޕާޓީން ބުނެފައި ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އޮގަސްޓް އެއްވަނަ ދުވަހު ހުޅުމާލޭގައި ދުވުން ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. ދުވުން އޮންނާނީ އެންމެ ފުރަތަމަ ވެސް ނިންމި ގޮތަށް، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގަ އެވެ.

މި ދުވުމުގެ ހުރިހާ ބައިވެރިން އަތުގައި ދަންމަރެއް އޮންނާނެ އެވެ. އެއީ އެމްޑީޕީން ވޭތުވެދިޔަ 20 އަހަރު ގައުމަށް ކޮށްދިން ހިދުމަތްތައް ރަމްޒުކޮށްދޭ ދަންމަރެއް ކަމަށާއި، މި ދަންމަރު ރާއްޖޭގެ ހުރިހާ ރަށަކަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ކުރިން ބުނެފައިވެ އެވެ.

އެގޮތުން، މާލޭގެ ހަރަކާތް ނިންމާލުމަށްފަހު ދެން އެޕާޓީން ދާނީ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނުން ފެށިގެން ދެކުނަށެވެ. މި ހަރަކާތް މުޅި ރާއްޖޭގައި ބާއްވާ ނިންމާލެވޭނެ ކަމަށް އެޕާޓީން ލަފާކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.