ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ އޮގަސްޓު މަހުގެ 10 ގަ އެވެ. އެހެންކަމުން ދަރިވަރުންނަށް ނިމުނު ފުރަތަމަ ޓާމު ބަންދުގައި 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.
މި ހިނގާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިންމައި، ސްކޫލްތަކުގެ ދަރިވަރުން މިއަދު ޗުއްޓީއަށް ހިނގައްޖެ އެވެ.
ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ އޮގަސްޓު މަހުގެ 10 ގަ އެވެ. އެހެންކަމުން ދަރިވަރުންނަށް ނިމުނު ފުރަތަމަ ޓާމު ބަންދުގައި 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީ ބުނާ ގޮތުގައި، ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން މި ސަރުކާރުން ބަދަލުކޮށް ޖެނުއަރީ މަހު ކިޔެވުން ފަށާގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ.