ބ. އަތޮޅުގައި އަންނަ ހޯމަ ދުވަހު އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީ

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތަށް އަހުލިވެރިކުރުމުގެ ގޮތުން މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާރްޓީއެލްގެ ފެރީއެއް: އަންނަ ހޯމަ ދުވަހު ބ. އަތޮޅުގައި ފެށުމަށް ވަނީ ތައްޔާރުވެފައި --

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް އަންނަ ހޯމަ ދުވަހު ބ. އަތޮޅުގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތަށް އަހުލިވެރިކުރުމުގެ ގޮތުން މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަހުލުވެރި ދަތުރުތަކަށްފަހު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅަށް ލިބޭނީ ޓިކެޓު ނަގައިގެން ކަމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. ޓިކެޓު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު އޮގަސްޓް އެއްވަނަ ފުވަހުން ފެށިގެން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އާރްޓީއެލްގެ ހިދުމަތް ޒޯން 2 ގަައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ދަނީ ދެމުންނެވެ. މި މަސް ނިމުމުގެ ކުރިން ބ. އަރި ރ. އަތޮޅުގައި އެ ހިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އާރްޓީއެލްގެ ހިދުމަތް ދޭން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ މޭ މަހު އެވެ. އެންމެ ފުރަތަމަ މި ހިދުމަތް ފެށީ ޒޯން ހައެއްގައި ހިމެނޭ ހދ. އަތޮޅުގަ އެވެ. ފުރަތަމަ ގުޅާލެވިގެން ދިޔައީ އެ ޒޯންގައި ހިމެނުނު ހއ، ހދ، ށ. އަތޮޅުގެ ރަށްތަކެކެވެ. ޖުމުލަ 41 ރަށް ގުޅާލަން ފަސް ރޫޓެއްގައި ހަތަރު ފެރީ ލޯންޗު ބޭނުން ކުރަން ފެށި އެވެ. އޭގެ ފަހުން ޅ. އަދި ނ. އަތޮޅާއި ގއ. އަދި ގދ. އަތޮޅުގައި މި ހިދުމަތް ވަނީ ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.