ރައީސް ވިދާޅުވީ ވިހަފަރުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ގޮސް ނިންމާލުމަށް ކަނޑައަޅާފައިވިޔަސް، ވެލިދޫއަށް ހާއްސަކޮށްގެން ސީޕްލޭން ހިދުމަތް ފައްޓަވާނޭ ކަމަށެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ގާއިމުކުރައްވައި، ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެކަން އިއުލާންކުރައްވާފައި ވަނީ، ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އެއަތޮޅު ވެލިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ވިހަފަރުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ގޮސް ނިންމާލުމަށް ކަނޑައަޅާފައިވިޔަސް، ވެލިދޫއަށް ހާއްސަކޮށްގެން ސީޕްލޭން ހިދުމަތް ފައްޓަވާނޭ ކަމަށެވެ.
މީގެ އިތުރުން، ވެލިދޫގައި ސްޓޭޝަންކޮށްފައި އޮންނަ ގޮތަށް، ސީ އެމްބިއުލާންސެއްގެ ހިދުމަތް ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހު ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ވެލިދޫގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، އިއްޔެ އެ ރަށުގައި އިފްތިތާހުކުރެއްވި މަސައްކަތްތަކަށް އިޝާރާތްކުރައްވާފަ އެވެ.
އެގޮތުން، އެރަށުގައި ވަނީ ހޮސްޕިޓާ އިމާރާތްކުރުމުގެ މަސައްކަތާއި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފަ އެވެ. އަދި އޮޑި ދޯނިފަހަރުގެ މަސައްކަތްތަކަށް ހާއްސަކޮށް ހިއްކާ ސަރަހައްދުގެ މަސައްކަތް ފަށައި، ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ.
އަންނަ އަހަރަށް އެ މަނިކުފާނު އިއުލާނު ކުރެއްވި އިތުރު މަޝްރޫއުތަކުގެ ތެރޭގައި، އެރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއަކާއި، ސްކޫލަށް ކްލާސްރޫމާއި ވަސީލަތްތައް އިތުރުކުރުމުގެ މަޝްރޫއެއް ހިމެނެ އެވެ. އަދި ވެލިދޫގައި ފުޓްސަލް ދަނޑަކާއި، އެކި ކަހަލަ ކުޅިވަރު ކުޅޭ ކޯޓެއް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއި ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.