ބީއެމްއެލް އިން އެސްއެމްއީ ބޭންކް ގަތުމުގެ މުއާމަލާތްތައް ހިންގަނީ ގާނޫނުތަކާ އެއްގޮތަށް

މަރުކަޒީ ބޭންކުން ބުނީ މި ވިޔަފާރީގެ މުޢާމަލާތުގެ ހުރިހާކަމެއް ވެސް ކުރިޔަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި ޤަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލް އިން އެ އޮތޯރިޓީއަށް ޔަގީންކޮށްދީފައިވާ ކަމަށެވެ.

ބީއެމްއެލް އިން އެސްއެމްއީ ބޭންކް ގަތުމުގެ މުއާމަލާތްތައް ހިންގާފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ

ބީއެމްއެލް އިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އެސްއެމްއީ ބޭންކް ގަތުމުގެ މުއާމަލާތްތައް ހިންގާފައިވަނީ ގަވައިދާ ހިފާލަށް ކަމަށް ބުނެ ބައެއް ނޫސްތަކާއި ފޮރުވިގެން ހިންގާ ސޯސަލް މީޑިއާ އެކައުންޓްތަކުން އަޑު ފަތުރާފައިވެ އެވެ.

މި ވާހަކަތަކާ ގުޅިގެން މަރުކަޒީ ބޭންކް އިން މިއަދު ބުނީ ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުޢާމަލާތާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް މިއޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް މި މުޢާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް އެ ބޭންކުން އަމަލުކުރި ތޯ ބަލާފައިވާ ކަމަށެވެ.

ރާއްޖޭގެ ބޭންކިން ގާނޫނުގެ ދަށުން ބޭންކްތެއް ރެގިއުލޭޓް ކުރާ މައި އޮތޯރިޓީން ބުނީ އިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާއި ހިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނެއެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ބީއެމްއެލް އިން މިއޮތޯރީޓިއަށް ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި ވިޔަފާރީގެ މުޢާމަލާތުގެ ހުރިހާކަމެއް ވެސް ކުރިޔަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި ޤަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލް އިން އެ އޮތޯރިޓީއަށް ޔަގީންކޮށްދީފައިވާ ކަމަށެވެ.

ބީއެމްއެލް އިން ސަރުކާރަށް ހުށަހެޅި ހުށަހެޅުން ދިރާސާ ކުރުމަށްފަހު ގެނައި މި ބަދަލާ ބެހޭ ގޮތުން ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމީ، އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބޭންކުން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

ސަރުކާރުން ބުނީ މި ބަދަލު ގެނައީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަކީ ހުއްޓުމެއްނެތި އަބަދު ވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ ކަމަށެވެ. އަދި، އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކުމުން، އެތަނުގެ މާލީ ގާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދު ވެސް ލޯނު ލިބެމުން ދާނެ ކަމަށެވެ.

އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބީއެމްއެލް އިން ހުށަހަޅާފައިވެ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސް ތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

މި ބަދަލާއެކު އެސްޑީއެފްސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގަ އެވެ. އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ނިޒާމުގެ ތެރެއިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.