ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާން ފުރުސަތު ލިބުމަކީ ފަހުރެއް: މޯދީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- އޭއެފްޕީ

ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ލިބުނު ފުރުސަތަކީ ފަހުރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ހުކުރު ދުވަހު އެމަނިކުފާނު ހުންނަވާނީ ރާއްޖޭގައި ކަމަށެވެ.

މޯދީ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ފާހަގަކުރާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަން ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށެވެ. އެޔާއެކު މިއަހަރަކީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ ވެސް 60 އަހަރު ފުރޭ އަހަރުކަން ވެސް ފާހަގަކުރެއްވި އެވެ.

"މި ޒިޔާރަތުގައި ރައީސް މުއިއްޒާއެކު ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ވަރުގަދަ ކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ" މޯދީ ފާހަގަކުރައްވާފައިވެ އެވެ.

މޯދީ ވަޑައިގަންނަވާތީ ޖުމްހޫރީ މައިދާނުގައި އިންޑިއާ ދިދަ ޖަހައި، އެތަން ދަނީ ތައްޔާރު ކުރަމުންނެވެ. ދެ ދުވަހަށް ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސްއާއެކު ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުތަކާ ގުޅޭ ގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާނެ އެވެ.

އޭގެ އިތުރުން، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިއީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތްފަހުން މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.