އޮޅުހިޔާއަށް އިތުރު ބުޅާ ގެންދިއުމުގެ މަސައްކަތް ފަށައިފި

މިނިސްޓްރީން މިއަދު ބުނީ މާލެ އާއި ހުޅުމާލޭގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ގާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާ ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެެނިމަލް ވެލްފެއާ މިނިސްޓްރީން ބުޅަލެއް މަގުމަތިން ނަގަނީ --

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ "އޮޅު ހިޔާ" ކެޓް ޝެލްޓާއަށް އިތުރު ބުޅާ ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ. 

މިނިސްޓްރީން މިއަދު ބުނީ މާލެ އާއި ހުޅުމާލޭގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ގާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާ ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މިނިސްޓްރީން ބުނެފައި ވަނީ މިހާރަކަށް އައިސް މާލޭ މަގުމަތީ ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނީއްކަކޮށް އަދި އެސޮރުމެން މަރާކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. އެއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ މުޅިން ހިލާފު ކަމެއް ކަމަށްވާތީ، އެކަން ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދިޔަ މޭ މަހު ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުން އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައި ވަނީ އެވަގުތާ ހަމައަށް އޮޅުހިޔާގައި ތިބީ އެންމެ 30 ބުޅާ ކަމަށެވެ. އިދާރީ ހިންގުން ނުހިމަނައި އެތަނަށް މަދުވެގެން 1.2 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.


"ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.

އެތަނުގައި 30 ބުޅާ ބަލަހައްޓަމުން ދިޔަ ނަމަވެސް މާލެއާއި ހުޅުމާލެ މަގުމަތީގައި އެތައް ސަތޭކަ ބުޅާ އުޅެ އެވެ. ބައެއް މީހުން މަގުމައްޗަށް އެސޮރުމެންނަށް ކާން އެޅި ނަމަވެސް އޭގެ ސަބަބުން ގިނަ ބަލިތައް ފެތުރޭ ކަމަށް ބުނެ އާންމުންގެ ޝަކުވާ ބޮޑެވެ. އެތަކެތީގެ ނަޖިސް ވަރަށް ގިނައިން މަގުމަތިން ފެނެ އެވެ. އޭގެ ސަބަބުން މީހުންނަށް ދަނީ ގިނަ ދަތިތަކާ ކުރިމަތި ވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.