ޑެއިލީ އެރައިވަލް މަތިވެ، މިމަހު ޓޫރިޒަމަށް 13.7 ޕަސެންޓުގެ އިތުރުވުމެއް

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 124,273 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 109,272 ޓޫރިސްޓުންނާ އަޅާބަލާނަަމަ 13.7 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- ވިޒިޓް މޯލްޑިވްސް

މިމަހުގެ މިހާތަނަށް ޓޫރިޒަމް ޑެއިލީ އެރައިވަލްސް އިތުރުވެ ޖުމްލަ 13.7 ޕަސެންޓުގެ އިތުރުވުމެއްގައި ހުރިއިރު ބޮޑު ތަނުން ކުރިއަރަމުންދާ ކަމަށް ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 124,273 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 109,272 ޓޫރިސްޓުންނާ އަޅާބަލާނަަމަ 13.7 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ މިހާތަނަށް ޑެއިލީ އެރައިވަލްސް ހުރީ 6,101 ގަ އެވެ. 

މި އަހަރުގެ މިހާތަނަށް ޖުމްލަ 1.2 މިލިއަން ޓޫރިސްަޓުން ވަނީ ރާއްޖެ އަަށް އައިސްފަ އެވެ. މީގެ ތެރޭގެ ތެރޭން 898,774 މީހުން ގޮސްފައިވަނީ ރިސޯޓްތަކަށެވެ. އަދި ގެސްޓްހައުސްތަކަށް 273,024 ޓޫރިސްޓުން ގޮސްފައިވާއިރު، ހޮޓާތަކަށް 33,404 ޓޫރިސްޓުން ދިޔަ ކަމަށް ދައްކަ އެވެ. އަދި ސަފާރީތަކުގައި 26,329 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށްވެސް ދައްކަ އެވެ. 

މި އަހަރު އެންމެ ގިނަައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް 172,878 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނާގައި އޮތް ރަޝިއާ އިން 144,629 ޓޫރިސްޓުން އަދި ޔޫކޭ އިން 117,116 މީހުން އައިސްފައިވެ އެވެ. 

މިދިޔަ އަހަރަކީ ރާއްޖެ އަށް ރެކޯޑް އަދަދަކަށް ޓޫރިސްޓުން އައި އަހަރެކެވެ. މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަހަރު 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.