ރައީސް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުތު ހަމަވި 806 ދަރިވަރުންނަށް ލޯނު ދޫކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ ވަގުތީ ލިސްޓު މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. މިނިސްޓްރީން ލޯނަށް ހުޅުވައިލީ 500 ފުރުސަތަށެވެ.
ނަމަވެސް ރައީސް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުތު ހަމަވި 806 ދަރިވަރުންނަށް ލޯނު ދޫކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.
މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުގައި؛
ވަގުތީ ލިސްޓާމެދު ޝަކުވާއެއް އޮތްނަމަ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހަޅަން ވެސް މިނިސްޓްރީން މިއަދު ވަނީ ހުޅުވާލައިފަ އެވެ.