ފުލުހުން ބުނީ އޭނާ ހޯދުމަށް ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖްތައް ދިރާސާކޮށްފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހު 3:24 ހާއިރު ބްރިޖް މަތިން މޫދަށް ފުންމައިލާ މަންޒަރު ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭން ގެއްލިގެން އުޅޭ ގ. ގާނެޓް، ހަސަން ޔާމީން، 30، އެންމެ ފަހުން ފެނުނީ ސިނަމާލެ ބްރިޖް މަތިން މޫދަށް ފުންމައިލަނިކޮށް ކަމަށް ފުލުހުން ބުނެފި އެވެ.
ޔާމީން ގެއްލިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުންނެވެ. އޭނާ ވީނުވީ ތަނެއް ނޭންގިގެން އާއިލާގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހެޅީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އޭނާ ހޯދުމަށް ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖްތައް ދިރާސާކޮށްފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހު 3:24 ހާއިރު ބްރިޖްމަތިން މޫދަށް ފުންމައިލާ މަންޒަރު ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތަހުގީގަށް ލިބުނު އެ މައުލޫމާތާ ގުޅިގެން މެރިން ޕޮލިހާއި އެމްއެންޑީއެފުން ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި މައުލޫމާތު އާއިލާއާ ހިއްސާކޮށް، ވަރަށް ގާތުން ތަހުގީގު ޓީމުން ގެންދަނީ މަސައްކަތް ކުރަމުން،" ފުލުހުން ބުންޏެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ޔާމީން ދިރިއުޅޭ އެޕާޓްމެންޓުން ޝައްކު ކުރެވޭ އެއްވެސް ކަމެއް ފެނިފައިވާ ކަމަށެވެ. އެ އެޕާޓްމެންޓަށް އެއްވެސް ބަދަލެއް ވެސް އައިސްފައި ނުވާ ކަމަށެވެ.