މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ "ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ''ގެ ނަމުގައި ހިންގަމުން ދިޔަ ތަނެއްގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ދެ މީހުންނެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ "ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ''ގެ ނަމުގައި ހިންގަމުން ދިޔަ ތަނެއްގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ދެ މީހުންނެވެ.
ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫ، އާބާދީމަންޒިލް، ނަވާލް ހުސައިން 25، އާއި ތައިލެންޑަށް ނިސްބަތްވާ، ތައިޔޮންލައްޑާ ސުކްސުވަންގް 36 އެވެ.
ފުލުހުން ބުނީ ސ. މީދޫގައި ހުންނަ އެ ތަނުގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ދެ މީހުން ވެސް ވަނީ 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.