މެޑަމް ސާޖިދާގެ ދައުވާ ބޭރުކުރަން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ހައިކޯޓުގައި ބާއްވަން ތާވަލު ކުރި ނަމަވެސް އެފަރާތްތަކުން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.

މެޑަމް ސާޖިދާ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ އަބުރަށް ނިސްބަތްކޮށް ދެއްކި ވާކަތަކާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެދި ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އާއި ޗެއާޕާސަން ފައްޔާޒް އިސްލާއިލް އަދި އެ ޕާޓީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރެއްވީ މެޑަމް ސާޖިދާ އެވެ. ދައުވާ ކުރެއްވީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާ ކުރީ އުމައިރު ވޭޕް ކުރަން ފެއްޓެވުމުން ކަމަށް ބުނެ ވާހަކަތަކެއް ދެއްކުމުންނެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުގައި މަދަނީ ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގެންފައި ވާތީ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި، މައާފަށް އެދެން އެންގުމަށް ވެސް އެދިފައިވެ އެވެ.

ސިވިލް ކޯޓުގައި އެމްޑީޕީގެ ފަރާތުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިއުތިރާޒެއް ހުށަހަޅާފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ މައްސަލަ ބެލޭނެ ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ އެ ނިންމުން އެމްޑީޕީ، ފައްޔާޒް އަދި މަންދީގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ހައިކޯޓުގައި ބާއްވަން ތާވަލު ކުރި ނަމަވެސް އެފަރާތްތަކުން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. ހައިކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ ކޯޓަށް ހާޒިރުވުމުގެ ޗިޓާ ވެސް ހަވާލުވި ކަމަށާއި ނަމަވެސް ހާޒިރުނުވެވޭނެ މަގުބޫލު ސަބަބެއް ވެސް ދައްކާފައި ނުވާ ކަމަށެވެ.

އެހެންވެ، ފަނޑިޔާރުންގެ މަޖިލީހުން މައްސަލަ ބާތިލުކުރަން ނިންމާފައިވާ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެ އެވެ.

ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން، ސިވިލް ކޯޓުން ވަނީ މެޑަމް ސާޖިދާ ހުށަހަޅުއްވާފައިވާ ދައުވާ އެމީހުންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. ސިވިލް ކޯޓުގެ ހުކުމުގައި ވަނީ، ޖަވާބުދާރީވާން ދިން މުއްދަތުގައި ޖަވާބުދާރީ ވެފައިނުވާ ކަމަށެވެ.

އެމީހުންގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށާއި، އަމުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކުގެ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު މެޑަމް ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށާއި ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާ ކުރެއްވޭނެކަމަށް ވެސް ހުކުމުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.