އެމްޕީއެލްއިން ބޮންޑެޑް ވެއާ ހައުސްގެ ހިދުމަތް ދެނީ 24 ގަޑިިއިރު ސެކިއުޓީ ބަލަހައްޓާ ގޮތަށެވެ.
އެމްޕީއެލްއިން ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިއާ ހިދުމަތުގެ އަގު އަންނަ މަހުގެ 15 އިން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާއިރު، މި ބަދަލު ގެނައި ނަމަވެސް މާކެޓު އަގަށްވުރެ ހެޔޮވާނެ އެވެ.
އެމްޕީއެލް އިން ވަނީ އެކެއް ދޭ އަދި ތިނެއްގެ ލީސް ފީ އަށް އަންނަ މަހުގެ 15 ފެށިގެން ގެންނަން ނިންމާފަ އެވެ.
އެމްޕީއެލް އިން އަގަށް ބަދަލު ގެންނަނީ ބޮންޑެޑް ވެއާ ހައުސްގެ އެވެ. މިއީ އާއްމުންގެ ތެރޭގައި ވިއްކުން މަނާ ނަމަވެސް ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ދޫކުރާ ރައްކާކުރާ ގުދަނެވެ. އެހެންވެ މި ތަކެތީގެ އަގަށް ބަދަލު ގެނައި ނަމަވެސް އާއްމު މުދަލާ ގުޅުމެއް ނޯންނާނެ އެވެ.
އެ ކުންފުނިން ބުނީ ކުންފުނިން ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ފޯރުކޮށްދެނީ ކަސްޓަމަރުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 24 ގަޑިއިރުގެ ސެކިއުރިޓީއާއެކުގަ އެވެ. މި ސަރަހައްދުގައި މޯލްޑިވްސް ކަސްޓަމްސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ ފެސިލިޓީއެއް ވެސް ވަނީ ގާއިމްކޮށްފައެވެ. އަދި މީގެ އިތުރުން، ބޮންޑެޑް ވެއަރހައުސް ސަރަހައްދުން މުދާ ލޯޑު ކުރުމާއި އަންލޯޑް ކުރުމަށް، ވަކި ކީ ވޯލެއް ވަނީ ކަނޑައަޅައިފައެވެ.
އެމްޕީއެލް އިން ބުނީ އެ ސަރަހައްދުގެ މެއިންޓަނަންސްގެ މަސައްކަތް ވެސް މި ކުންފުނިން ގަވައިދުން ކުރަމުންދާއިރު، ދެެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ކުރުމަށް މި ކުންފުނިން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އަދި، މިހާރު ކަސްޓަމަރުން އަމިއްލައަށް ކުނި އުކާލަން ޖެހުނު ނަމަވެސް، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭސްޓް ޑިސްޕޯސަލްގެ ހިދުމަތް ވެސް ބޮންޑް ވެއާހައުސްގެ ކަސްޓަމަރުންނަށް މި ކުންފުނިން ފޯރުކޮށްދޭނެއެެވެ.
ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ލީސް ފީތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން، އާންމު މުދަލުގެ އަގުތަކަށް ބާޒާރުގައި އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރަމެވެ. ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިޔާ އެކެއް އަދި ދޭއްގެ އިތުރުން ތިނެއް ބޮންޑް ކުރަނީ ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރު މަހުގެ ބާވަތްތަކެވެ. ބޮންޑެޑް ވެއަރހައުސްގެ ލީސް ފީތަކަށް ގެނައި ބަދަލުތައް ގެޒެޓްގައި ޝާއިއުކޮށްފައިވާނެއެވެ.