ޓާމިނަލް ހުޅުން ކުލަގަދަ | ރޭގަނޑު ދޮޅުގަޑިއިރަށް ފްލައިޓްތައް ހުއްޓާލާނެ

އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ ސަޕްރައިޒް ތަކެއް ހުންނާނެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް : ޖުލައި 26 ވަނަ ދުވަހު ހުޅުވާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވަން ބާއްވާ ރަސްމިއްޔާތުގައި ކުލަގަދަ ހަވާއެއް ބާއްވާއިރު، ހުޅުވުމުގެ ރަސްމިއްޔާތަށް ދޮޅުގަނޑިއިރަށް ވައިގެ ސަރަހައްދު ބަންދު ކުރާނެ އެވެ. 

އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ ސަޕްރައިޒް ތަކެއް ހުންނާނެ އެވެ. އަދި މި އިވެންޓަކީ މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ އިވެންޓަށް ހަދަން އެމްއޭސީއެލްގެ މުވައްޒަފުން މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ޓާމިނަލް ހުޅުވާ ވަގުތު އެ މަންޒަރު މުޅިރާއްޖޭގެ އެކި ހިސާބުތަކުގައި ވަގުތުން ބެލުމުގެ ކަންކަން ވެސް ފަހި ކޮށްފައިދާނެ އެވެ. 

"އެކަންކަން ކައުންސިލްތަކުންވެސް އިންތިޒާމު ކުރާނެ. ބައެއް ސްކްރީންތަކުގައި ވެސް މަންޒަރު ދައްކާނެ،" އޮފިޝަލް ވިދާޅުވި އެވެ. 

އެމްއޭސީއެލް އިން ވަނީ ޓާމިނަލް ހުޅުވުވަމުގެރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު ދީފަ އެވެ. އަދި މި އިވެންޓުގައި 6،000 މީހުންނަށް ދައުވަތު ދޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.