އިކޮނޮމިކް މިނިސްޓަރު ސައީދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

މިނިސްޓަރު ސައީދުގެ ބައްޕަ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އިންޑިއާގެ ކޮޗިންގަ އެވެ.

މިނިސްޓަރު ސައީދުގެ ބައްޕަ، ހއ. ތުރާކުނު، ވިނަރެސް ސައީދު އަބްދުﷲ --

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕަ، ހއ. ތުރާކުނު، ވިނަރެސް ސައީދު އަބްދުﷲ އަވަހާރަ ވެއްޖެ އެވެ.

މިނިސްޓަރު ސައީދުގެ ބައްޕަ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އިންޑިއާގެ ކޮޗިންގަ އެވެ.

ސައީދަކީ ތުރާކުނުގެ ކުޑަ ކަތީބެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެއަތޮޅު އުލިގަމުގެ ކުޑަކަތީބުކަން ވެސް ވަނީ ކުރައްވާފަ އެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ ތައުޒިޔާ ދަންނަވައިފަ އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައީދަކީ ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ގަދަރުވެރި ބޭފުޅެއް ކަމަށެވެ. އަދި އެއީ ހުލްގު ހެޔޮ، ދީންވެރި، ހަރުދަނާ ޝަހުސިއްޔަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މަރުޙޫމްގެ އާއިލާއަށް ނުހަނު އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ." ރައީސްގެ މެސެޖުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.