ބިންވެރިޔާ ސްކީމުގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާ ނަމަ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭނެ ކަމަށް ކަނޑައަޅާފައިވާ ނިންމުން ބަދަލުކޮށްފި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާ ނަމަ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭނެ ކަމަށް ކަނޑައަޅާފައިވާ ނިންމުން ބަދަލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ މީހުންގެ ތެރެއިން ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ / ފިރިމީހާއަށް ގޯތި ލިބިފައިވާނަމަ، ފްލެޓް ލިބޭނީ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމަށް ކަނޑައަޅާފައި އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގު މަސައްކަތް ކުރިއަށްދާތީ އާއި، ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނަގާނެތީ ކުރިން ނިންމި އެ ނިންމުމަށް އަމަލު ނުކުރަން ނިންމާފައިވާ ކަމަށެވެ.
އަދި، ނޮވެމްބަރު 15، 2023 ގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން އިއުލާނު ކުރި ލިސްޓާ ގުޅިގެން، ފުލެޓު ނަންބަރު ގުރުއަތު ނަގައި، ލިބޭ ފްލެޓު ކަނޑައެޅިފައިވާ މީހުންގެ ތެރެއިން ގޯތި ލިބިފައިވާ އެއްވެސް މީހަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައި ނުވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެގޮތަށް ނިންމުން ބަދަލުކޮށްފައިވާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންނާއެކު އެގްރިމެންޓްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން، ފްލެޓު ލިބުނު މީހުންނާއެކު އެގްރިމެންޓްގައި ސޮއިކުރުމާއި އެ މީހުންނަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފްލެޓު ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި ހިއްސާކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ފަށައިފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރަން ވުމުން "ގެދޮރުވެރިން ޕޯޓަލް" އިން އެކަން އެނގޭނެ ކަމަށް ވެސް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.