ހައްޔަރު ކުރީ ފުލުސް އޮފިސަރާއެކު ޑްރަގް ބަލައި ދަނިކޮށް

އެމީހުން ހުއްޓުވައި، ޝިޔާޒާގެ ދަބަސް ބެލިއިރު، އެ ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

ޑްރަގް މައްސަލައިގައި ހައްޔަރު ކުރި މީހުން --

މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކުރި ފުލުސް އޮފިސަރާއެކު އެ މައްސަލައިގައި ދެން ހައްޔަރު ކުރި ފިރިހެން މީހާ ދިޔައީ ކޮންމެވެސް ތަނަކުން މަސްތުވާތަކެތި ބަލައި ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ފުލުސް އޮފިސަރަކީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 31، އެވެ. ދެން ހައްޔަރުކޮށްފައި ވަނީ ހއ. ދިއްދޫ، ހަޒާރުމާގެ، ސައިފުﷲ އަހުމަދު، 26، 26

ކޯޓުން ނެރެފައިވާ އެމީހުންގެ ބަންދު އަމުރުގައިވާ ގޮތުގައި، ވިޔަފާރަވެރިންގެ މިސްކިތް ކައިރިން ފުލުހުން، އެ ދެ މީހުން ހުއްޓުވީ މަސްތުވާތަކެތި ބަލައިދާ ކަމުގެ މައުލޫމާތު ލިބިގެންނެވެ.

އެމީހުން ހުއްޓުވައި، ޝިޔާޒާގެ ދަބަސް ބެލިއިރު، އެ ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އަދި، ދެމީހުންގެ ކުޑަކަމުދާތަކެތީގެ ޓެސްޓު ހެދިއިރު، ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޯޓުން ވަނީ ޝިޔާޒާ ބަންދަށް ފަސް ދުވަސް އަދި ސައިފުﷲގެ ބަންދަށް 10 ދުވަސް ދީފަ އެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން ޝިޔާޒާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.