ބިރުދައްކައިގެން މީހެއްގެ އެކައުންޓުން 200 ރުފިޔާ ފޭރި، ފުލުހުން އައުމުން މާރާމާރީ ހިންގި ބަޔަކު ހައްޔަރަށް

ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ނ. ވެލިދޫ، ފަރީސާ މަންޒިލް، ހަސަން ލުޖައިން އާއި އުމުރުން 55 އަހަރުގެ ހ. ކަނދުފިނިގެ، މުހައްމަދު ޝަފީއު އެވެ.

ދިވެހި ފުލުހުންގެ ހިދުމަތް | މި

މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައިގެން އެމީހާގެ އެކައުންޓްގައި ހުރި 200 ރުފިޔާ ފޭރުމަށްފަހު ފުލުހުން އައުމުން ފުލުހުންނާމެދު މާރާމާރީ ހިންގި ދެމީހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ތަނަކަށް ވައްދައި، އެމީހާގެ އެކައުންޓުގައި ހުރި 200 ރުފިޔާ ޓްރާންސްފާ ކުރުވި މައްސަލައެއް ރޭ 23:57 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑްވިއިރު، ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މީހުން އެ ސަރަހައްދުގައި ހ. ބަނީ ޕޮއިންޓް ގޭތެރޭގައި ތިބި ކަމުގެ މައުލޫމާތު ލިބިގެން އެ ގެއަށް ވަތް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނުމާއެކު އެމީހުން ވަނީ ފުލުހުންނާ ކުރިމަތިލައި، މާރާމާރީ ހިންގައިފަ އެވެ.

ފުލުހުން ބުނީ ފުލުހުންނަށް ހާމަލާދީ މާރާމާރީ ހިންގައި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ބާރުގެ ބޭނުންކޮށްގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ނ. ވެލިދޫ، ފަރީސާ މަންޒިލް، ހަސަން ލުޖައިން އާއި އުމުރުން 55 އަހަރުގެ ހ. ކަނދުފިނިގެ، މުހައްމަދު ޝަފީއު އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށެވެ. އަދި ފުލުހަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އަނިޔާވުމާ ގުޅިގެން ހައްޔަރު ކުރި މީހުންނަށާއި ފުލުސް އޮފިސަރަށް ފަރުވާ ދީފައިވާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހު ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފޭރުނު މައްސަލަ އާއި ފުލުހުންނަށް ހަމަލާދީ، ވާޖިބު އަދާކުރުމަށް ހުރަސް އެޅި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.