އަދި އެ މައްސަލައާ ގުޅިގެން ދެފުށް ފެންނަ ތަހުގީގެއް ކުރާނެ ކަމަށާއި އަދި މައްސަލަ ބަލައި ނިމުމުން ތަހުގީގީ ރިޕޯޓް ކަމާބެހޭ އިދާރާތަކާ ހިއްސާކުރާނެކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ސްނޯކްލިއަށް މޫދަށް ފުންމާލި ވަގުތު ބުރަފަތީގައި ޖެހިގެން ލިބުނު ޒަހަމްތަކުގައި މަރުވި ސިންގަޕޫރުގެ ކުއްޖާގެ ތަހުގީގަށް، ސިންގަޕޫރަށް ގޮސް، ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފި އެވެ.
ސިންގަޕޫރުގެ ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޓް (އެސްޖޭއައި) އިންޓަނޭޝަލްގެ ދަރިވަރުންތަކެއް ރާއްޖެއަށް ކުރި ސްޓަޑީ ޓުއާއެއްގައި، ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވީ، އުމުރުން 15 އަހަރުގެ ޖެންނާ އެރިއާނޭ ޗެން ޒީއެން އެވެ.
އެ ހާދިސާ ހިނގާފައިވަނީ އދ. ދިގުރަށް ވޭލް ސާކް ސަރަހައްދަށް އެ ދަރިވަރުންތައް ރިސާޗެއް ހެދުމަށް ސްޓަޑީ ޓުއާއެއްގައި ގޮސް އުޅެނިކޮށެވެ.
އެ މައްސަލާގައި އެ ހާދިސާގެ ތަހުގީގާ މެދު އެ ކުއްޖާގެ މައިންބަފައިން ދަނީ ސުވާލު އުފައްދައި، އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ.
ފުލުހުން އިއްޔެ އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށާއި، ފުލުހުންގެ އޮފިސަރުންތަކެއް މިދިޔަ މެއި މަހު ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންތަކެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ދެފުށް ފެންނަ ތަހުގީގެއް ކުރާނެ ކަމަށާއި އަދި މައްސަލަ ބަލައި ނިމުމުން ތަހުގީގީ ރިޕޯޓް ކަމާބެހޭ އިދާރާތަކާ ހިއްސާކުރާނެކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.
އެ ކުއްޖާ ދޯނީގެ ބުރަފަތީގައި ޖެހުނީ މޫދަށް ފުންމައިލި ވަގުތު ކަމަށް ބެލެވުނު ނަމަވެސް، އެ ހާދިސާ ހިނގީ އެ ކުދިން މޫދުގައި ތިއްބާ، ދޯނި ފަހަތަށް ޖެހި ވަގުތުކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނެ އެވެ.