ފުލުހުން ބުނީ ވެއްޓުނު ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރަކުން މިއަދު ހަވީރު ވެއްޓުނު ޒުވާނާ މަރުވެއްޖެ އެވެ.
ވިނަރެސްގެ އަށްވަނަ ޓަވަރުން ވެއްޓިފައި ވަނީ އުމުރުން 18 އަހަރުގެ ޒުވާން ފިރިހެނެކެވެ. ވެއްޓުމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެއްވެސް ހަރަކާތެއް ނެތެވެ.
ފުލުހުން ބުނީ ވެއްޓުނު ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ.
ޒުވާނާ ވެއްޓުނީ ކިތައްވަނަ ފަންގިފިލާއިން ކަމެއް އަދި ކީއްވެގެން ކަމެއް ސާފެއް ނޫނެވެ. ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.