ޓްރެވަލް އެޖެންސީތަކުން ރިޕޯޓް ހުށަހަޅަން ހަނދާންކޮށްދީފި

އެ މިނިސްޓްރީން ބުނީ މި މުއްދަތުގައި ރިޕޯޓް ހުށަނާޅައިފިނަމަ އެ ފަރާތްތަކުން ހުއްދަ ބާތިލް ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

ރަށެއްގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންތަކެއް -- މިރާ

ޓޫރިޒަމް ދަތުރުރާވާ ހިދުމަތް ދިނުމުގެ ވިޔަފާރީ ނުވަތަ ޓްރެވަލް އެޖެންސީތައް ހިންގާ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީއަށް ރިޕޯޓް ހުށަހަޅަން ހަނދާކޮށްދީފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ 2021 ވަނަ އަހަރު ގެޒެޓުކޮށްފައިވާ ރާއްޖޭގައި ޓޫރިސްޓުންނަށް ދަތުރު ހިންގައި ރޭވުމުގެ ހިދުމަތްދޭ ފަރާތްތަކާ ބެހޭ ގަވައިދުގެ ދަށުން ކޮންމެ އަހަރެއްގެ ޖޫން 30 ވަނަ ދުވަހުގެ ކުރިން ދަތުރުރާވާ ހިންގުމުގެ ހިދުމަތްދޭ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ނިމިދިޔަ އަހަރުގެ ރިޕޯޓް ހުށަހަޅަން ޖެހެ އެވެ. 

އެ މިނިސްޓްރީން ބުނީ މި މުއްދަތުގައި ރިޕޯޓް ހުށަނާޅައިފިނަމަ އެ ފަރާތްތަކުން ހުއްދަ ބާތިލް ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވާން އެމިނިސްޓްރީން އެދިފައިވެ އެވެ. އަދި މި ރިޕޯޓް ހުށަހަޅާނާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ރިޕޯޓް ހުށަހަޅަން ވަނީ އެދިފަ އެވެ.

ރާއްޖޭގައި 150 އެއްހާ ޓްރެވަލް އެޖެންސީ އޮންނައިރު މި ކުންފުނިތަކަށް ހިމާޔަތް ލިބިދޭނެ ގާނޫނެއް ނެތުމުގެ ޝަކުވާ ކުރިނަމަވެސް އެކަމަށް ހައްލު ލިބޭގޮތް ވަނީ ނުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.