ޕީއެންސީ ހުރިހާ މެންބަރުންނަށް ވަޒީފާ ލިބޭނެ، މިއުޅެނީ ޕާޓީ ވެރިކަމެއް ކުރަން: ޝުޖާއު

"އަޅުގަނޑުމެންގެ ޕާޓީ މީހަކަށް ވަޒީފާ ނުލިބެއްޖިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބޭނެ. އެއީ ޕާޓީ ވެރިކަމެއް ކުރަން މިއުޅެނީ،" ޝުޖާއު ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މީގެ ކުރިން ޕީއެންސީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --

ޕީއެންސީގެ ވެރިކަމެއް ކުރަން އަދި މިފަށަނީ ކަމަށާއި، ވަޒީފާ ނުލިބި ތިބި ޕާޓީގެ ހުރިހާ މެންބަރުންނަށް ވަޒީފާ ލިބޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެ ޕާޓީ ބޮޑުވަމުންދާ ކަމަށެވެ. ޕީޕީއެމް އުވާލުމަށްފަހު ޕީއެންސީގެ ހުރިހާ ގުނަވަންތަކެއް އެކަތިގަނޑަކަށް ހަދައި، ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކޮށް، ޕާޓީގެ ރައީސްއާ ހިއްސާކުރަން ހުރި މައުލޫމާތުތައް އެއްކުރުމަށް ލީޑާޝިފުން ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށެވެ. އެކަން ކުރަނީ 'ޕާޓީ ވެރިކަމެއް' ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީ މީހަކަށް ވަޒީފާ ނުލިބެއްޖިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބޭނެ. އެއީ ޕާޓީ ވެރިކަމެއް ކުރަން މިއުޅެނީ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް ވެރިކަން ގެއްލުނީ ޕާޓީ ވެރިކަމެއް ނުކުރެވުމުން ކަމަށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕާޓީ ވެރިކަން ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ރަށްރަށަށް ގޮސް ކީއްވެހޭ އަޅުގަނޑުމެންގެ ވެރިކަން ވެއްޓުނީ އެހީމަ ވިދާޅުވީ 'މެޑަމްއާ ހެދީ'އޭ. މިހާރު މެޑަމްއެއް ނޫޅޭނެ މި ޕާޓީ ހިންގާކަށް. މި ޕާޓީ ހިންގާނީ ޕާޓީގެ ރައީސް އާއި ޕާޓީގެ ލީޑަޝިޕުން،" ޝުޖާއު ވިދާޅުވި އެވެ.

ޕީއެންސީ ވަރުގަދަ ކުރަން އެޕާޓީގެ ލީޑަޝިޕުން މަސައްކަތް ފަށާފައިވާއިރު، އެއީ މިހާރު ރާއްޖޭގައި އެންމެ ގިނަ މެންބަރުން ރަޖިސްޓްރީ ކޮށްފައިވާ ޕާޓީ އެވެ. މެންބަރުން އިތުރުކުރުމަށް މީގެ ކުރިން ކެމްޕޭނެއް ވެސް ހިންގި އެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުގައި އެޕާޓީގައި މިވަގުތު 68،665 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.