"މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަސްކޮއި އުމްރާ ކުންފުނިން މީހުން އުމްރާއަށް ގެންދިއުމަށް ފައިސާ ނަގައި "ލަނޑު" ދިން މައްސަލައެއް ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
"މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އެ ކުންފުނިން މީހުންގެ އަތުން ފައިސާ ނަގައި އުމްރާއަށް ނުގެންދިޔަ މައްސަލަތަކެއް ވަނީ ފެންމަތިވެ އެވެ. މިދިޔަ މޭ މަހު ވެސް ވަނީ އެފަދަ މައްސަލައެއްގައި އެ ކުންފުނި 130000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.