ކުރިޔަށް އޮތް 4 ދުވަސް މޫސުން ގޯސް

މެޓް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މޫސުން ގޯސް ދުވަހު ލޯންޗެއް ދުއްވާފައި ދަނީ : ކުރިޔަށް އޮތް ހަތަރު ދުވަސް މޫސުން ގޯސް --

ކުރިޔަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން ބުނީ ކުރިއަށް އޮތް ހަތަރު ދުވަހު؛

  •  ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ
  •  ކަނޑުތައް، ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ
  •  ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ
  •  ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ

މެޓުން ބުނީ ހާއްސަ ގޮތެއްގައި ދަތުރުވެރިން މޫސުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.