"ވިޒިލް މޯލްޑިވްސް މިވަނީ އާ ސޮފުހާއެއް ފަށާފައި"

ޗެއާމަން އަބްދުﷲ ޣިޔާސް ވަނީ މިދިޔަ އަހަރުގެ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފަ އެވެ. މިގޮތުން ހިންގުމުގެ ޚަރަދު 10% ކުޑަކުރެވި ޓްރޭޑް ޝޯތަކަށް ކަނޑައެޅިފައިވާ ޚަރަދު 80% އިން 34% އަށް ދަށްކުރެވިފައިވާކަން ފާހަގަ ކުރެއްވި އެވެ.

ވިޒިޓް މޯލްޑިވްސްގެ ޗެއާމަން އަބްދުﷲ ޣިޔާސް

މީގެ އަހަރެއްގެ ކުރިން ދަރަނީގައި އޮތް ދައުލަތުގެ މާކެޓިން ކުންފުނި، ކުރީގެ އެމްއެމްޕީއާރުސީ އަދި މިހާރުގެ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާ ސޮފުހާއެއް ފަށާފައިވާ ކަމަށް ޗެއާމަން އަބްދުﷲ ޣިޔާސް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން އިއްޔެ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މީގެ 12 މަސް ކުރިން، މި ކުންފުންޏަކީ ދަރަނީގައި އޮތް، ނިޒާމުތަކާއި ނުކުޅެދުންތެރިކަމުގެ ބުރައިގެ ދަށުގައި އޮތް ކުންފުންޏެކެވެ. ނަމަވސް މިއަދު މި ކުންފުނި އާ ސަފުހާއެއް ފަށާފައިވާ ކަމަށާ މިއީ ހިތްވަރުގަދަ އިސްލާހުތަކާއި އަލުން އަމާޒު ހިފުމާއި ސިނާއަތާ އެއްހަމަވުމުގެ ނަތީޖާ ކަމުގައި ޗެއާމަން ފާހަގަ ކުރެއްވި އެވެ. 

އޭނާގެ ވާހަކަފުޅުގައި ފާއިތުވި އަހަރު ކުންފުނިން ހާސިލްކޮށްފައިވާ މުހިއްމު ލަނޑުދަނޑިތަކަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، ހިންގުމުގެ ޚަރަދު 10% ކުޑަކުރެވި ޓްރޭޑް ޝޯތަކަށް ކަނޑައެޅިފައިވާ ޚަރަދު 80% އިން 34%ށް ދަށްކުރެވިފައިވާ ކަމަށާއި، މީގެ ސަބަބުން ހަރުދަނާ މަސައްކަތްތަކަށް ފައިސާ ހަރަދުކުރުމަށް ފުރުސަތު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ހަމަ އެއާއެކު ފާއިތުވި 10 އަހަރާ ޚިލާފަށް ރަމްޒީ މަސައްކަތް ތަކެއް ކުރުމުގެ ބަދަލުގައި ނަތީޖާފެންނަ ލަނޑުދަޑިތަކަށް ބަރޯސާވެ ކުރެވޭ މަސައްކަތްތަކަށް ކުންފުނީގެ އަމާޒު ބައްޓަންކުރެވިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.


ޗެއާޕާސަން ޣިޔާސް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މިހާރު ހިންގަމުންދަނީ ޒަމާނީ، ޑޭޓާ އަށް ބިނާކޮށް އަދި ސްޓްރެޓެޖިކް ފަތުރުވެރިކަމުގެ ބޯޑެއްގެ ގޮތުގައެވެ. ހަމައެކަނި ފެންނަ މިންވަރަށް އަމާޒުކުރުމުގެ ބަދަލުގައި ބަދަލުވުމަށް ބިނާކޮށް، މިންކުރެވޭނެ، ނަތީޖާ ދައްކުވައިދޭ ކެމްޕޭންތަކުގެ ތެރެއިން، ނަތީޖާ ހާސިލުކުރުމަށް އާމާޒުކުރާ ބޯޑެއްގެ ގޮތުގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މައިގަނޑު މާކެޓުތަކުގައި ވަރުގަދަ ކުރިއެރުންތަކެއް ހާސިލުވެފައިވާކަން ރިޕޯޓުކުރެއްވަމުން، ކުރިން 39% ދަށްވެފައިވާ އިންޑިއާ މާކެޓް މިހާރު ވަނީ 4% ގެ ކުރިއެރުމެއް ދައްކުވައިދީފިކަމަށާއި، ވިލާތާއި އޭޝިއާއިން ދިވެހިރާއްޖެ ގޫގުލްގައި ކުރާ ސާޗްތައް
1000% އަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. މިއީ ދުނިޔޭގެ ސަމާލުކަން އަލުން ވަރުގަދައަށް ލިބެމުންދާކަމުގެ ނިޝާނެއް،" ޣިޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ މިހާރު ވަނީ ހަމައެކަނި ދުނިޔޭގެ ދަތުރުފަތުރުގެ ޗާޓުގައި ހިމެނިފައެއް ނޫނެވެ.

"އަޅުގަނޑުމެން މިތިބީ އެންމެ ކުރީ ސަފުގަ. ކުރިއަށް އޮތް 6 މަސްދުވަސް އިތުރަށް އަސަރުފޯރުވަނިވި ގޮތެއްގައި ފާހަގަކުރެވޭ. އާ ޕާޓްނާޝިޕްތަކާއި ވިސްނުންތެރި ކެމްޕޭންތައް މިހާރުވެސް ވަނީ ފެށިފަ" ޣިޔާސް ވިދާޅުވި އެވެ.

ޣިޔާސް ވަނީ މި މަސައްކަތްތަކުގެ ދުވެލި ބާރުކުރުމަށާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް މާލީ އެހީތެރިކަންދިނުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާ އެކަމަށް ބާރުއެޅުއްވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 20 އަހަރު ތެރޭގައި، ރާއްޖެއާ ވާދަވެރިން މަންޒިލް މާކެޓްކުރުމަށް ޚަރަދުކުރާ މިންވަރަށް ރާއްޖޭން ޚަރަދުކޮށްފައި ނުވާ ކަމަށެވެ.

"މި ސަރަޙައްދަށް ބަލާއިރު، އަޅުގަނޑުމެންގެ ވާދަވެރިން އެމީހުންގެ މަންޒިލްތައް ޕްރޮމޯޓްކުރުމަށް މާބޮޑަށްވެސް އިތުރު ބަޖެޓުތައް ކަނޑަ އަޅަމުންދާތަން ފެނޭ. އެހެންނަމަވެސް ރާއްޖޭން ހަރަދުކުރަނީ އަޅުގަނޑުމެންގެ މައިގަނޑު ވާދަވެރިންގެ ތެރެއިން އެންމެ މަދު މިންވަރު. މިއީ އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއެކު ކުރިމަތިލާންޖެހޭ ހަގީގަތް އަޅުގަނޑުމެން ދުނިޔޭގެ މާކެޓުގައި ފެންނަން ނެތި، ވާދަވެރިކަން ދަމަހައްޓަން ނުކުޅެދިއްޖެނަމަ އަޅުގަނޑުމެންނަށް ގެއްލުންވުމުގެ ނުރައްކާ އެބައޮތް. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިސާދަށާއި ރައްޔިތުންނަށް ބޮޑު އަގެއް ދައްކަން ޖެހޭނެ،" ޣިޔާސް ވިދާޅުވި އެވެ.

ޣިޔާސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ސަރުކާރުގެ އިދާރާތަކާއި ސިނާޢަތުގެ ހިއްސާދާރުންނާއި ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރަވާފަ އެވެ.

"މިއީ އަޅުގަނޑުގެ ނުވަތަ މި ބޯޑުގެ އެކަނި މަސައްކަތުން ލިބުނު ކުރިއެރުމެއް ނޫން – މިއީ އަޅުގަނޑުމެން އެންމެންގެ ހިއްސާ އޮތް މަސައްކަތެކެވެ. އަޅުގަނޑުމެން މި ލިޔަމުންދަނީ ދުނިޔޭގެ އެންމެ ވަރުގަދަ ފަތުރުވެރިކަމުގެ ވާހަކަ އެއް – މިއީ މުޅި ދިވެހި ޤައުމު އެކަމަށް ފަޙުރުވެރިވާ، އަމިއްލަ އެއްޗެއްގެ ގޮތުގައި ބަލައިގަންނާނެ ވާހަކައެއް،" ޣިޔާސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.