"[މި] ފަރާތަކީ ދަރިފުޅުގެ ހަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ނުދާ ފަރާތެއްކަން، އާންމުކޮށް އަަންގަމެވެ." ފެނެލީ ކޯޓުން ނެރުނު އިއުލާނުގައިވެ އެވެ.
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ އާއި ވަނަވަރު، ފުރަތަމަ ފަހަރަށް ފެމެލީ ކޯޓުން އާންމުކޮށްފި އެވެ.
ފެމެލީ ކޯޓުން މިއަދު އާންމު ކުރި އިއުލާނުގައި، ދަރިންނަށް ހަރަދު ނުދީގެން ފޮޓޯ އާންމުކޮށްފައި ވަނީ ދަފްތަރު ނަމްބަރު 2758، އަހުމަދު އަލީ އެވެ. އޭނާގެ އައިޑީ ކާޑު ނަންބަރު ވެސް ވަނީ އެ އިއުލާނުގައި ހިމަނާފަ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އަހުމަދު އަލީގެ ވަނަވަރު އާންމު ކޮށްފައި ވަނީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތަކާމެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
"[މި] ފަރާތަކީ ދަރިފުޅުގެ ހަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ނުދާ ފަރާތެއްކަން، އާންމުކޮށް އަަންގަމެވެ." ފެނެލީ ކޯޓުން ނެރުނު އިއުލާނުގައިވެ އެވެ.
ދަރިންނަށް ހަރަދު ނުދޭ މީހުންގެ ފޮޓޯ ފެމެލީ ކޯޓުން އަލަށް އާންމު ކުރި ނަމަވެސް، ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން މީގެ ކުރިން ވަނީ އެފަދަ އިއުލާނުތައް ކޮށްފަ އެވެ.