މިހާރު މިއީ "ޒާރާސިޔާމް" އެއް ނޫނެވެ. މިހާރު މިއީ "އައިމިނަތު ޒާރާޒާރާ" އެވެ
ރާއްޖޭގެ ގިނަ ބަޔަކު ހައިރާންކޮށްލި ކުލަގަދަ އަގު ބޮޑު ކައިވެނީގެ ރަސްމީއްޔާތު ބޭއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު އާއި ބ. ކަމަދޫއަށް އުފަން އާމިނަތު ޒާރާގެ ކައިވެނި ރޫޅާލާފައިވާކަން އިއްޔެ ރަސްމީކޮށް ވަނީ އިއުލާނު ކޮށްފަ އެވެ. އަގު ބޮޑު މި ކައިވެންޏަށްފަހު ޒާރާ ވަނީ އޭނަގެ ސޯޝަލް މީޑިއާގައި އާއްމުކޮށް ދިވެހިން ކޮށްނޫޅޭ ކަމެއް ކޮށްފަ އެވެ.
އެއީ އަމިއްލަ ނަމުގެ ފަހަތަށް ފިރިމީހާގެ ނަން ހިމަނައިގެން އާއްމުންނަށް ދެއްކުމެވެ. އެކަމަކު ސިޔާމް އާއި ޒާރާގެ ކައިވެނި ރޫޅުމާއެކު ރޭގެ ވަގުތެއްގައި ޒާރާ ވަނީ ސިޔާމްގެ ނަން އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުން ފޮހެލާފަ އެވެ.
މިހާރު މިއީ "ޒާރާ ސިޔާމް" އެއް ނޫނެވެ. މިހާރު މިއީ "އައިމިނަތު ޒާރާ-ޒާރާ" އެވެ. ނަމަވެސް އަދިވެސް ސިޔާމްއާއެކު ނަގާފައި ހުރި ފޮޓޯތައް އޭނާ ޑިލީޓްކޮށްލާފައެއް ނުވެ އެވެ. ސިޔާމަށް ޒާރާ ލޯބިން ކިޔައި އުޅުނީ "ގަލްބީ" އެވެ. އޭގެ ދިވެހި މާނައަކީ "މަގޭ ހިތް" އެވެ.
ކަމަދޫއަށް އުފަން ޒާރާ އަކީ މިދިޔަ އަހަރުގެ ބޮޑު އީދުގައި އެރަށުގައި އޮތް އީދު ކުޅިވަރުތަކާއި ނެށުންތަކުން މަޝްހޫރުކަން ހޯދައި، އާންމުންގެ ލޯބި ހޯދި މީހެކެވެ. ސިޔާމް، ޒާރާ އާ ކައިވެނި ބައްލަވައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ސަން ސިޔާމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ކައިވެނި ރުޅާލާފައިވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އައްބާސް ވިދާޅުވީ ސިޔާމް އާއި ޒާރާ ކައިވެނި ކުރެއްވީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ކަމަށެވެ. އަދި ކައިވެނި ރޫޅާލެއްވީ ވެސް ދެ ބޭފުޅުންގެ މެދުގައި ރީތި ގޮތުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ސުލްހަވެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ސިޔާމް އަކީ އެއްވެސް މީހަކަށް ދެރަގޮތެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް އައްބާސް ވިދާޅުވި އެވެ. އުމުރުފުޅުން 55 އަހަރުގެ ސިޔާމުއާއި 22 އަަހަރުގެ ޒާރާގެ ކާވެނީގެ ހަފުލާ ބާއްވާފައިވަނީ ސިޔާމުގެ އޮޅުވެލި ރިސޯޓުގަ އެވެ.