މި ސަރުކާރުގެ ސިޔާސީންގެ އަދަދު ހާމަކޮށްފި | 922 މުވައްޒަފުން

ރޭ ދަންވަރު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސިޔާސީ މަގާމުތަކަށް މިހާރު އައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ އަދަދަކީ، 922 ކަމަށެވެ.

ރައީސް މުއިއްޒު އަދި ނައިބް ރައިީސް އާއި ސަރުކާރުގެ ވަޒީރުންނާއެކު -- ރައީސް އޮފީސް

މި ސަރުކާރުގެ އެންމެ ބޮޑު ސިއްރުގެ ގޮތުގައި އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރި، ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް އޮފީހުން އެންމެ ފަހުން ހާމަކޮށްފި އެވެ. 

މި ސަރުކާރުގައި ޖުމްލަ ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު މިހާތަނަށް އޮތީ ސިއްރުކޮށްފަ އެވެ. ނަމަވެސް ވަކިވަކި މިނިސްޓްރީތަކުގައި އެދުމުން، މިނިސްޓްރީތަކުން މީގެ ކުރިން ވަނީ އެ އަދަދު ހިއްސާކޮށްފަ އެވެ.

އެއާ އެކު، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އާ ގާތްކުރާނެކަމަށް އެތައް ބަޔަކު ލަފާކުރި އެވެ.

ނަމަވެސް، ރޭ ދަންވަރު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސިޔާސީ މަގާމުތަކަށް މިހާރު އައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ އަދަދަކީ، 922 ކަމަށެވެ.

އެ މުވައްޒަފުން އައްޔަނުކުރައްވާފައިވާ ގިންތިތައް ވެސް ރައީސް އޮފީހުން ރޭ ވަނީ ހާމަކޮށްފަ އެވެ.

  •  ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
  •  ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
  •  ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
  •  ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
  •  ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
  •  ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
  •  ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
  •  ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
  •  ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
  •  ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
  •  އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
  •  އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން

ސިޔާސީ މަގާމުތަކަށް އައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިއުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން އައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ ހުރިހާ މުވައްސަސާއެއްގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.