ހުޅުމާލޭގައި މަލްޓި ހޯލް ސިނަމާއެއް އަޅަން އިންވެސްޓަރަކު ލިބިއްޖެ

އެ ސިނަމާ އަޅާނީ ހުޅުމާލޭގައި ކަމަށާއި އެޗްޑީސީއާ ގުޅިގެން އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ރޭގެ އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭގައި މަލްޓި ހޯލް ބޮޑު ސިނަމާއެއް އަޅަން އިންވެސްޓަރަކު ލިބިފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރަނގަޅު ފެންވަރެއްގައި ސިނަމާއެއް ތަރައްގީކުރުމާ ގުޅޭގޮތުން ރޭ ބޭއްވި އަހާ ފޯރަމުގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މިހާރު ރާއްޖޭގައި ރަނގަޅު ސިނަމާއެއް ނެތުމުގެ ކަންބޮޑުވުން ބޮޑުކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

އެގޮތުން މިހާރު ހުރި އޮލިމްޕަހަކީ ތީއޭޓަރެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ތަނަކަށްވާތީ، އެ ތަނުގައި ފިލްމު އެޅުވުމަށް މިހާރުވެސް ދަތިތަކެއް ހުރިކަމަށް އަސްވާޑު ވިދާޅުވި އެވެ. 

"ސިނަމާއަކީ ވަރަށް ބޮޑަށް މުނިފޫހި ފިލުވާތަނެއް. އެތަނުން އެކި ފިލްމްތައް ބަލަން ވަދެވޭނެ. 4 ވަރަކަށް 6 ވަރަކަށް ސްކްރީން ހުންނާނެ. އެތަނުގައި ގޭމްތައް ހުންނާނެ. ޝޮޕިންގް ކޮމްޕްލެކްސް ހުންނާނެ. މިއީ ތަސައްވުރަކަށް ވާންޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން، ހިޔާލު ހުއްޓިގެން ނުވާނެ އޮލިމްޕަސް އަޅަން. އަޅުގަނޑުމެން އަޅަން ޖެހެނީ، ރަނގަޅު ފެންވަރުގެ ސިނަމާއެއް."

މި މައްސަލައަށް ހައްލު ހޯދުމަށް، ބޭރުގެ އިންވެސްޓަރުންނާއި ވާހަކަ ދެއްކިފައިވާ ކަމަށާއި އަދި މި ކަމަށް އިންވެސްޓް ކުރާނެ ރަނގަޅު ފަރާތެއް މިހާރު ލިބިފައިވާ ކަން އަސްވާޑު ހާމަކުރެއްވި އެވެ.

އެ ސިނަމާ އަޅާނީ ހުޅުމާލޭގައި ކަމަށާއި އެޗްޑީސީއާ ގުޅިގެން އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.