އެކުއްޖާ ފެނިފައި ވަނީ މާމިގިލި ބޭރު މޫދުންނެވެ. އެކުއްޖާ މިހާރު ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.
އދ. މާމިގިލި ކައިރިޔަށް ފީނަން ފޭބި އުމުރުން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވައި ފެނެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލި ކައިރިޔަށް ފީނަން ފޭބީ ހަތަރު ކުދިން ކަމަށެވެ. އޭގެ ތެރެއިން އެއްކުއްޖަކު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިރޭ 7:00 ހާއިރު އެވެ.
އެކުއްޖާ ފެނިފައި ވަނީ މާމިގިލި ބޭރު މޫދުންނެވެ. އެކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އެކުއްޖާ އޮތީ މަރުވެފައި ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކުދިން ފޭބީ ބޯވަ ނަގާށެވެ. ކުއްޖާ ހޯދާފައި ވަނީ ފުލުހުންނާއި ސިފައިން އަދި އެރަށު ރައްޔިތުން ނުކުމެ އެވެ.؛