ގެއްލިގެން ހޯދަމުން ދަނީ އެރަށަށް ނިސްބަތްވާ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. ކުއްޖާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އދ. މާމިގިލި ކައިރިޔަށް ފީނަން ފޭބި ކުއްޖަކު ގެއްލިގެން ފުލުހުންނާއި އެމްއެންޑީއެފުން އެކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލި ކައިރިޔަށް ފީނަން ފޭބީ ހަތަރު ކުދިން ކަމަށެވެ. އޭގެ ތެރެއިން އެއްކުއްޖަކު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިރޭ 7:00 ހާއިރު އެވެ.
ގެއްލިގެން ހޯދަމުން ދަނީ އެރަށަށް ނިސްބަތްވާ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. ކުއްޖާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކުދިން ދިޔައީ ބޯވަ ނަގާށެވެ. ކުއްޖާ ގެއްލުނު ހަބަރާއެކު ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން އެރަށު ރައްޔިތުން ނުކުމެ ދަނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.