"މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލޫރިތަށް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގެއްލުން ދީފައި ވަނީ އެއާޕޯޓުގައި އިމާރާތްކޮށްފައިވާ ފަޔާ އިމާރާތަށް ކަމަށެވެ. އެތަނުގެ ވަށައިގެން ހަރުކޮށްފައި ހުރި ބިއްލޫރިތައް ތަޅައި، އިތުރު ގެއްލުން ދީފައިވެ އެވެ.
އެ މައްސަލަ އެމްޓީސީސީ މަގޫދޫ ސައިޓުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 7:47 ހާއިރު އެވެ.
"މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލޫރިތަށް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މަގޫދޫ އެއާޕޯޓަށް ގެއްލުން ދީފައި މިވަނީ އެތަނުގެ މަސައްކަތް ހުއްޓިފައި ވަނިކޮށެވެ. ކުރީ ސަރުކާރުން އެ އެއާޕޯޓް ނިމޭނެ ކަމަށް ޝެޑިއުލްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުވަރީ މަހަށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެ މަޝްރޫއު އޮތީ ހުއްޓިފަ އެވެ.