ޖިންސީ ގޯނާ ކުރި ގާޒީ އިސްތިއުފާ ދީފި

ޖޭއެސްސީ އިން ބުނެފައި ވަނީ ލުއައްޔު އިސްތިއުފާ ދެއްވިއިރު، ދުވަހު ކުއްޔަށް މަސައްކަތަށް ނުކުމެ އުޅުއްވާކަމުގެ ތުހުމަތުގައި އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ދާންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހިމް: އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވި

ޖިންސީ ގޯނާގެ މައްސަލައެއް ސާބިތުވެ، މަގާމުން ވަކި ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، ލުއައްޔު އިބްރާހީމް އިސްތިއުފާ ދެއްވައިފި އެވެ.

ޖޭއެސްސީ އިން މިއަދު ބުނެފައި ވަނީ ލުއައްޔު އިއްޔެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ޖޭއެސްސީން މި ގާޒީއާ ބެހޭ ސުލޫކީ ގިނަ މައްސަލަތަކެއް ބަލައިފައިވެ އެވެ. އެގޮތުން ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީ އިން ނިންމާފައި ވެއެވެ.

މީގެ އިތުރުން ކޯޓުގެ ރަސްމީ ގަޑީގަ އާއި އެހެން ވަގުތުތަކުގައި ވެސް ވިޔަފާރި ހިންގާކަމުގެ މައްސަލަ ވެސް ސާބިތުވެފައިވެ އެވެ. މި މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާފައިވާ ކަން ވެސް އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީ އިން ބުނެފައިވެ އެވެ.

އެހެންކަމުން އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީ އިން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ ލުއައްޔު އިސްތިއުފާ ދެއްވިއިރު، ދުވަހު ކުއްޔަށް މަސައްކަތަށް ނުކުމެ އުޅުއްވާކަމުގެ ތުހުމަތުގައި އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.