އެ ގާނޫނުގެ ދަށުން، 2020 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު، އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަނުކުރެވުނު ނިއުމާތުގެ ދައުރު މި މަހުގެ 23 ވަނަ ދުވަހަށް ހަމަވާނެ އެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އޭރުގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފެދުނު މަގާމެކެވެ.
އެ ގާނޫނުގެ ދަށުން، 2020 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު، އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަނުކުރެވުނު ނިއުމާތުގެ ދައުރު މި މަހުގެ 23 ވަނަ ދުވަހަށް ހަމަވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވި ރައީސް ޑރ. މުއިއްޒު ސިޓީފުޅުގައި ނިއުމާތުގެ ދައުރު އިތުރު ފަސް އަހަރަށް ދަންމާލުމަށް މަޖިލީހުން ފެންނަ ގޮތަކަށް ނިންމަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އެއާ އެކު، މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފަ އެވެ.