ޓްރޭޑްމާކް ބިލު މަޖިލީހަށް ހުށަހަޅައިފި

ޓްރޭޑްމާކް ބިލްގައިވާ ގޮތުން ރާއްޖޭގައި ކައުންޓާ ފީޓްކުރުން ނުވަތަ ޓްރޭޑްމާކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުން ވެސް މަނާވާނެ އެވެ.

ސަރުކާރުގެ ބީސީސީ ކުންފުނީގެ އޮތެންޓިކް މޯލްޑިވްސް ފިހާރާހައެއް : އުފެއްދުންތައް ހިމާޔަތް ކުރަން ޓްރޭޑްމާކް ގާނޫނެއް ހެދުމުގެ މަސައްކަތް ވަނީ ފަށާފަ

ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް، ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އަހްމަދު ޒާހިރު އެވެ.

ޓްރޭޑްމާކް ބިލް- ގެ މަގުސަދަކީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމެވެ. އަދި ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމަރކާ ގުޅިގެން އެޓްރޭޑްމާކްގެ ވެރިފަރާތައް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ކަނޑައެޅުމެވެ. 

ރާއްޖޭގައި އަލަށް ހަދާ ޓްރޭޑްމާކް ގާނޫނު ފާސްކުރަން ހުށަހެޅި ބިލްގައިވާ ގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީ ކުރާނީ 10 އަހަރުގެ މުއްދަތަށެވެ. އަދި މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރު އިތުރު ކޮށްދެވޭނެ އެވެ. 

މި ބިލުގައިވާ ގޮތުން ޓްރޭޑްމެއް ކަމުގައި ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ހިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ހިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ހައްގު ލިބޭނީ އެ ޓްރޭޑްމާކެއް ރަޖިސްޓްރީ ކުރުމުންނެވެ. މިގޮތަށް ރަޖިސްޓްރީ ކުރާ ޓްރޭޑްމާކްގެ ވެރިފަރާތެއްގެ ހުއްދައާ ނުލައި އެ މަރކަކާއި އެއްގޮތް ނިޝާނެއް ނުވަތަ އެ މަރކް ނިސްބަތްވާ މުދަލާއި ހިދުމަތާ އެއްގޮތް އެއްޗެއް ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނެފަދަ ހާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ހައްގު ޓްރޭޑްމާކް ރަޖިސްޓްރީ ކުރާ ފަރާތައް ލިބޭނެ އެވެ. 

ޓްރޭޑްމާކް ބިލްގައިވާ ގޮތުން ރާއްޖޭގައި ކައުންޓާ ފީޓްކުރުން ނުވަތަ ޓްރޭޑްމާކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުން ވެސް މަނާވާނެ އެވެ. މިފަދަ އަމަލެއް ކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ބޮޑު ޖޫރިމަނާއެއްވެސް ކުރާނެ އެވެ. އަދި މި ބިލު ފާސްކޮށް ތަސްދީގު ކުރުމާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް އަލުން ރަޖިސްޓްރީ ކުރަން އެއް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.