ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ސާވޭގެ ބޭނުމަކީ ރިސޯޓްތަކުގައި ވަޒީފާގެ ތަފާސްހިސާބުތައް ބަލަހައްޓަން ކޮންމެހެން ބޭނުވާ މައުލޫމާތު އެއްކުމެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު އެއްކުރަން ޓޫރިޒަމް މިނިސްޓްރީން ސާވޭއެއް ފަށަން ތައްޔާރު ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރިސޯޓް ހިއުމަން ކެޕިޓަލް އިންފޮމޭޝަން ސާވޭ 2025ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ސާވޭގެ ބޭނުމަކީ ރިސޯޓްތަކުގައި ވަޒީފާގެ ތަފާސްހިސާބުތައް ބަލަހައްޓަން ކޮންމެހެން ބޭނުވާ މައުލޫމާތު އެއްކުރުމެވެ. މިގޮތުން އެކި ޑިޕާޓްމަންޓްތަކުގައި ބެހިފައިވާ ގޮތާއި އެތެރޭގެ ސީނިއަ މެނޭޖްމަންޓްގެ އެކުލެވިގެންވާ ގޮތުގައި މައުލޫމާތު ނަގާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ސާވޭއިން އެއްކުރާ މައުލޫމާތާއި ސާވޭއިން ހޯދާ ހޯދުންތައް ބޭނުން ކުރާނީ ހަމައެކަނި.
ޓޫރިޒަމް ސިނާއަތުގައި ދާއިރާގައި މަސައްކަތްތެރިންނާ ގުޅުންހުރި ކަންކަމަށް ކަމަށެވެ. އެގޮތުން މުވައްޒަފުން ތަރައްގީއަށް މި ދިރާސާގެ ބޭނުންތެރިކަން ބޮޑެވެ.
ޓޫރިޒަމް މިނިސްޓްރީން މި ސާވޭ ކުރިއަށް ގެންދަން ނިންމާފައިވަނީ އޮންލައިންކޮށެވެ. އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރުކޯޑް ސްކޭން ކުރުމުން ސާވޭގެ ސުވާލުތަކެއް ފެނެ އެވެ. ސާވޭގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް މުވައްޒަފުންގެ ސާވޭއެއް ކުރިއަށް ނުގެންދާތާ ދުވަސް ވެއްޖެ އެވެ. ރާއްޖޭގެ ރިސޯޓްތަކުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރެ އެވެ. ނަމަވެސް ގާނޫނުގައި ބުނާ އަދަދަށް ދިވެހިން ތިބުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ޓޫރިޒަމް ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް މިކަން ރަސްމީކޮށް އެނގޭގެ ސާވޭއެއް މިފަހުން ނުކުރެ އެވެ.