އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް

"ވިޒިޓް މޯލްޑިވްސް" އަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ބޭނުންކުރާ ނަމެވެ. އަދި ރަސްމީ ބްރޭންޑިންގެ ވެސް ނަމެވެ. އެ ބްރޭންޑްގެ ލޯގޯއަށް ވެސް ވަނީ ކުޑަ ބަދަލެއް ގެނެސް އިތުރަށް ފުރިހަމަކޮށްފަ އެވެ.

އެމްއެމްޕީއާރުސީ އެމްޑީ ޝިއުރީ އާއި ޗެއާމަން އަބްދުﷲ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ސަރުކާުރުން ބަދަލުކޮށްފި އެވެ. 

ކުންފުނި ވުޖޫދުވި ފަހުން މާލީ ގޮތުން ވަޅުގަނޑެއްގެ ތެރޭގައި އޮތް އަދި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ހަޑިނަން އޮތް އެމްއެމްޕީއާރުސީގެ ނަން ސަރުކާރުން ދޫކޮށްލާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުވި ރިޔާސީ ގަރާރަކުންނެވެ. ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވާއިދަށް ގެންނަން ނިންމާފައިވާ ބަދަލުތައް މި ބަދަލާއެކު ވެސް ގެންނާނެ އެވެ.

"ވިޒިޓް މޯލްޑިވްސް" އަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ބޭނުންކުރާ ނަމެވެ. އަދި ރަސްމީ ބްރޭންޑިންގެ ވެސް ނަމެވެ. އެ ބްރޭންޑްގެ ލޯގޯއަށް ވެސް ވަނީ ކުޑަ ބަދަލެއް ގެނެސް އިތުރަށް ފުރިހަމަކޮށްފަ އެވެ. ޓޫރިޒަމް އިސްތިހާރު ކުރަން އެމްއެމްޕީއާރުސީ އުފެއްދީ މާޗު 2010 ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.