މާޅޮސް މަރު: ޕޯސްޓްމޯޓަމް ހަދަން އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެންދަނީ

ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް އަބްދުއްރަހީމްގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ވެސް ނިންމާފައިވާ ކަމަށް ބުންޏެވެ.

މާޅޮހުގައި ބަނދަރުމަތި ކޯޑޮންކޮށްފައި --

އއ. މާޅޮހުގައި ރޭ ދަންވަރު ބޮޑެތި ޒަހަމްތަކެއް ލިބުމުގެ ސަބަބުން މަރުވި އުމުރުން 65 އަހަރުގެ އެ ރަށު، އޯކިޑްމާގޭ އަބްދުލްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.

އަބްދުލްރަހްމާން ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދީފައިވާތީ ފަރުވާ ދިނުމަށް އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ ރޭ ދަންވަރު 1:50 ހާއިރު އެވެ. އޭގެ ގަޑިއެއްހާއިރު ފަހުން އޭނާ ވަނީ މަރުވެފަ އެވެ.

ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މިހާރު ވަނީ އެރަށަށް ގޮސްފަ އެވެ. ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް އަބްދުއްރަހީމްގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ވެސް ނިންމާފައިވާ ކަމަށް ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ހަމަލާދީފައި ވަނީ އަބްދުލްރަހްމާންގެ ބޮލަށް ކަމަށެވެ. އޭނާގެ ބޯ އޮތީ ޗިސްވެފައި ކަމަށް ރަތެރޭގައި އަޑުއަރާފައިވާ ކަމަށް އޭނާ ބުންޏެވެ. ސިކުނޑިން އެއްބައި އޮތީ ބޭރުގައި ކަމަށް ވެސްވެ އެވެ.

މި މައްސަލައާ ގުޅިގެން ރަށަށް އަރާ ފައިބާ މީހުން މޮނީޓާ ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މުޅިރަށް އޮތީ ފުލުހުން "ކޯޑޮން" ކޮށްފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.