އެސްޑީއެފް ފަންޑުން ހަރަދުކޮށްފައިވަނީ ފަންޑުގެ މަގުސަދާ ހިލާފަށް

މި ފަންޑު ވުޖޫދުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. މި ފަންޑު އުފެއްދުމުގެ މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މަދުވެގެން 500 މިލިއަން ޑޮލަރު ޖަމާ ކުރުމެވެ. ނަމަވެސް ފަންޑުގެ މަގުސަދު ހާސިލްވެފައެއް ނުވެ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ފޮޓޯ: ދެން

ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އިން 2017 އިން 2023 އަށް ޓްޒެޒަރި ބިލް (ޓީބިލް) ގެނެފައިވަނީ ފަންޑުގެ މަގުސަދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. 

އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ "ރިވިއު އޮފް ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު 2017 ޓު 2023" ގައިވާ ގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ފަންޑުގައި ޖުމްލަ ޖުމްލަ ހުރި 7.5 ބިލިޔަން ރުފިޔާގެ ތެރެއިން 65 ޕަސެންޓަކީ ދިވެހި ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 4.9 ބިލިޔަން ރުފިޔާ އެވެ. 

ޑޮލަރުން ފަންޑުގައި ހުރީ އެންމެ 35 ޕަސެންޓް ނުވަތަ 170.25 އެމެރިކާ ޑޮލަރެވެ. މީގެ ތެރެއިން އެކި އިންވެސްޓްމެންޓުތަކުގައި ހިމެނޭ ފައިސާ ނުލައިނަމަ 2023 ވަނަ އަހަރުގެ ނިޔަލަށް ފަންޑުގައި ހުރީ ނަގުދު ފައިސާގެ ގޮތުގައި ހުރީ 10.91 މިލިޔަން ރުފިޔާ އެވެ. ޑޮލަރުން ހުރީ އެންމެ 17.58 މިލިޔަން ޑޮލަރެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލްކަން އުފެއްދި އެސްޑީއެފްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މި ފަންޑުގެ ބޮޑުބައި ގާތްގަނޑަކަށް 88 ޕަސެންޓް 2023 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކޮށްފައިވަނީ ޓީބިލަށެވެ. 

އެ މުއްދަތާ ހަމައަށް ޓީ ބިލް ގަންނަން 6.566 ބިލިޔަން ރުފިޔާ ވަނީ އިންވެސްޓްކޮދްފަ އެވެ. އަދި ޑޮލަރުން ޓީ ބިލް ގަތުމަށް 138.74 މިލިޔަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އަދި ބާކީއަށްވާ 4.4 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ދިވެހި ރުފިޔާއިންނެވެ. 

އެސްޑީއެފް އުފެއްދި މަގުސަދު - މި ފަންޑު ވުޖޫދުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. މި ފަންޑު އުފެއްދުމުގެ މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މަދުވެގެން 500 މިލިއަން ޑޮލަރު ޖަމާ ކުރުމެވެ. 

ފަންޑަށް ފައިސާ ޖަމާ ކުރަން ޖެހޭ ގޮތް

  •  އަހަރެއްގެ ޓެކްސް އާމްދަނީގެ %2
  •  ގްރީން ޓެކުހަށް ލިބޭ އާމްދަނީ
  •  ސޮވަރިން ގެރެންޓީތަކަށް ނަގާ ފީގެ %50
  •  އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ކޮންމެ ފަތުރުވެރިއަކު އަންނަ ކޮންމެ ފަހަރަކު 25 ޑޮލަރު ނަގާނެ، ޑިވެލޮޕްމަންޓް ފީގެ ފައިސާ
  •  އެސްއޯއީތަކުގެ ޑިވިޑެންޑްގެ %25
  •  ފަންޑަށް ފައިސާ ޖަމާ ކުރަން ސަރުކާރުން ނިންމާ ފައިސާއެއް

އެސްޑީއެފް ފަންޑުގެ ސައިޒުގައި

  • 2017 - 337 މިލިއަން ރުފިޔާ
  • 2018 - 1,673 ބިލިއަން ރުފިޔާ
  • 2019 - 3,074 ބިލިއަން ރުފިޔާ
  • 2020 - 3,103 ބިލިއަން ރުފިޔާ
  • 2021 - 3,611 ބިލިއަން ރުފިޔާ
  • 2022 - 4,788 ބި؛ލިއަން ރުފިޔާ
  • 2023 - 7,485 ބިލިއަން ރުފިޔާ

މި ފަންޑު އުފައްދާފައިވަނީ 2025 އަދި 2026 ވަނަ އަހަރު ރާއްޖޭން ބޮޑު ދަރަންޏެއް ދައްކަން ޖެހުމެވެ. ނަމަވެސް މި ފަންޑަށް މިހާތަނަށް ގާނޫނީ ބާރުވެރިކަން ދީފައެއް ނުވެ އެވެ. 

ދައްކަން ޖެހޭ ލޯނުގެ އަދަދުތައް

މި އަހަރު އެތެރެ އާއި ބޭރުގެ ދަރަނި ހިމަނައިގެން ޖުމްލަ 9,663 ބިލިއަން ރުފިޔާގެ ދަަރަނި ދައްކަން ޖެހެ އެވެ. މީގެތެރޭން ދަރަނީގެ އިންޓެސްޓުގެ ގޮތުގައި 1,151 ބިލިއަން ރުފިޔާ އަދި ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި ޖުމްލަ 3,625 ބިލިއަން ރުފިޔާ ދައްކާނެ އެވެ. އަދި ބޭރުގެ ދަރަނީގެ ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި 3,401 ބިލިއަން ރުފިޔާ ދައްކާއިރު އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 1,486 ބިލިއަން ރުފިޔާ ދައްކާނެ އެވެ. އަދި އަންނަ 2026 ވަނަ އަހަރު އެތެރެ އާއި ބޭރު ދަރަނި އެއްކޮށް ޖުމްލަ 16,251 ބިލިއަން ރުފިޔާގެ ދަރަނި ދައްކާނެ އެވެ. މީގެތެރޭގައި ހިމެނެނީ އެތެރޭގެ ދަރަނީގެ އިންޓެސްޓް ޕޭމަންޓުގެ ގޮތުގައި ދައްކާ 1,214 ބިލިއަން ރުފިޔާ އާއި ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި ދައްކާ 1,435 ބިލިއަން ރުފިޔާ އެވެ. އަދި ބޭރުގެ ދަރަނީގެ އިންޓެސްޓް ޕޭމަންޓުގެ ގޮތުގައި ދައްކާ 1,239 ބިލިއަން ރުފިޔާ އާއި ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި ދައްކާ 12,364 ބިލިއަން ރުފިޔާ އެވެ. އަދި 2027 ވަނަ އަހަރު ޖުމްލަ 7,841 ބިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހެ އެވެ. މީގެތެރޭގައި ހިމެނެނީ އެތެރޭގެ ދަރަނީގެ އިންޓެސްޓް ޕޭމަންޓުގެ ގޮތުގައި ދައްކާ 1,115 ބިލިއަން ރުފިޔާ އާއި ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި ދައްކާ 2,250 ބިލިއަން ރުފިޔާ އެވެ. އަދި ބޭރުގެ ދަރަނީގެ އިންޓެސްޓް ޕޭމަންޓުގެ ގޮތުގައި ދައްކާ 875 މިލިއަން ރުފިޔާ އާއި ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި ދައްކާ 3,602 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.