ގައްދޫ ޒަކަރިއްޔާގެ ހަށިގަނޑު ފެނިއްޖެ

މިރާއަށް އެނގިފައިވާ ގޮތުގައި ޒަކަރިއްޔާ ފެނިފައިވަނީ ގދ. ގަމުގެ ދެކުނު ފަރާތު ހޭޅިފަށުންނެވެ. ކަރިއްޔާގެ ހަށިގަނޑު ފެނުނީ ހޭޅިފަށު އަކިރިގަނޑު މަތީގައި އޮއްވާ ކަމަށެވެ.

ގދ. ގައްދޫ، ކޯޒީރައުންޑްގޭ ޒަކަރިއްޔާ މުހައްމަދު

ގައްދޫން ގަމަށް ޑިންގީއެއްގައި ނުކުތް ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ގައްދޫ ކޯޒީރައުންޑް، 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. 

މިރާއަށް އެނގިފައިވާ ގޮތުގައި ޒަކަރިއްޔާ ފެނިފައިވަނީ ގދ. ގަމުގެ ދެކުނު ފަރާތު ހޭޅިފަށުން، މިއަދު 11:43 ހާއިރު އެވެ. ޒަކަރިއްޔާގެ ހަށިގަނޑު ފެނުނީ ހޭޅިފަށު އަކިރިގަނޑު މަތީގައި އޮއްވަ އެވެ. މިހާރު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. 

ގައްދޫ ރައްޔިތުން ކިޔާ ގޮތުންނަމަ "ތުއްތުބޭ" ގެއްލުނީ އޭނާ ދުއްވާ ބޮންތިގެ ނަން ދީފައިވާ 15 ހޯސްޕަވަރުގެ އައުޑްބޯޑް އިންޖީނު އަޅާފައިވާ ކުޑަ ޑިންގީގައި އެ އަތޮޅު ގަމަށް ކުރި ދަތުރުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޒަކަރިއްޔާ ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފުން ކުރި މަސައްކަތުން، ހުކުރު ދުވަހު ވަނީ ޑިންގީގެ ނަގިލި ހޯދައިފަ އެވެ. އަދި، އިއްޔެ ހެނދުނު ވަނީ ކަނޑު އަޑިން ޑިންގީ ވެސް ހޯދައިފަ އެވެ. ޑިންގީ ފެނިފައި ވަނީ ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ކަމަށެވެ. ޑިންގީ ނަގައި އެ ރަށަށް އެހެލާފައިވާއިރު، އެ ޑިންގީގެ ފޮޓޯތަކުން ފެންނަ ގޮތުގައި ވަރަށް ބޮޑަށް އޭތި އޮތީ ހަލާކުވެފަ އެވެ.

ޑިންގީގެ ކުރީބައި އޮތީ އިރައިގެން ވެސް ގޮސްފަ އެވެ. ބެލެވޭ ގޮތުގައި ގައްދު އާއި ގަމާ ދެމެދުގެ އާދަޔާ ހިލާފު ގަދަ ސަރަހައްދުގައި ޒަކަރިއްޔާގެ ޑިންގީ ނަގިލި ލައިގެން އޮއްވައި، ގަދަ އޮއެވަރުގެ ސަބަބުން ޑިންގީގެ ކުރިން ބައެއް އިރައިގެން ދިޔައީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.