ހުޅުމާލެ ފްލެޓެއްގެ އެޕާޓްމެންޓެއްގައި އަލިފާން ރޯވެއްޖެ

އެ އެޕާޓްމެންޓަކީ 11 ބިދޭސީން ދިރިއުޅޭ ތަނެކެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވި އެޕާޓްމެންޓްގެ ކުޑަދޮރުން ހުޅުގަނޑު ނުކުންނަނީ: މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި --

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓެއްގެ އެޕާޓްމެންޓެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ 94 ނަންބަރު ފްލެޓްގެ ތިންވަނަ ފަންގިފިލާގެ ދެވަނަ އެޕާޓްމެންޓްގައި ކަމަށެވެ. ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

އެ އެޕާޓްމެންޓަކީ 11 ބިދޭސީން ދިރިއުޅޭ ތަނެކެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވި އެޕާޓްމެންޓް އެތެރެ

އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އަލިފާން ރޯވެ އަނދާފައި ވަނީ އެ އެޕާޓްމެންޓެއްގެ ކޮޓަރިއެއް ކަމަށް ބެލެވެ އެވެ. އެތަނުގައި ހުރި ޑަބަލް އެނދެއް ވަނީ އަނދާފަ އެވެ. މުޅި ކޮޓަރިތެރެއަށް އަލިފާނުގެ އަސަރުކޮށްފައިވާކަން އެ ފޮޓޯއިން އެނގެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭންގެ އެވެ. ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.