ހައްޖަށް ދާން ދައްކާ ފައިސާއިން ހައްޖު ކޯޕަރޭޝަނުން ޒަކާތް ދައްކަން ޖެހޭނެ: ފަތުވާ މަޖިލިސް

"މަޖިލީހުގެ މެންބަރުން، އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައި ވަނީ އާންމު ރައްޔިތުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް،"

ހައްޖު ކޯޕަރޭޝަންގެ ނަން ބޯޑު --

ހައްޖުގެ އަޅުކަން އަދާ ކުރަން ދިއުމަށް މީހުން ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާގައި ބުނެފައި ވަނީ ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ބެހޭ ގޮތުން އެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. 

އެ މައްސަލައިގައި އެ ކޯޕަރޭޝަނުން އެ މަޖިލީހަށް ހުށަހެޅި މައުލޫމާތުގެ މައްޗަށް ކުރި ދިރާސާއަށްފަހު، ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ހައްކު ކޯޕަރޭޝަނުން ކަމަށް އެ ފަތުވާގައި ވަނީ ބަޔާންކޮށްފަ އެވެ.

"މަޖިލީހުގެ މެންބަރުން، އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައި ވަނީ އާންމު ރައްޔިތުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް،" އެ ފަތުވާގައިވެ އެވެ.

ހައްޖު ކޯޕަރޭޝަނުގެ އުސޫލުގައިވާ ގޮތުން، އާންމުން ހައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގަކީ 69،965 ރުފިޔާ އެވެ. އެ ފައިސާ ދެއްކުމަށް ހައްޖު އެކައުންޓެއް ހުޅުވަން ޖެހެ އެވެ. 

އެ އިރެއްގައި ހައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގުގެ 75 ޕަސެންޓް އެ އެކައުންޓަށް ޖަމާކުރުމުން، ހައްޖަށް ދިއުމުގެ ޖާގަ ކިޔޫއިން ޖާގަ ރިޒާވް ވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.