މަރުވެފައި ވަނީ އުމުރުން 65 އަހަރުގެ އެރަށު އޯކިޑްމާގޭ އަބްދުލްރަހްމާން އާދަމް އެވެ.
އއ. މާޅޮހުގައި ނިދާފައި އޮތް މީހަކަށް ހަމަލާ ދިނުމުގެ ސަބަބުން އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އުމުރުން 65 އަހަރުގެ އެރަށު އޯކިޑްމާގޭ އަބްދުލްރަހްމާން އާދަމް އެވެ.
ފުލުހުން ބުނީ އަބްދުލްރަހްމާން ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދީފައިވާތީ ފަރުވާ ދިނުމަށް އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ ރޭ ދަންވަރު 1:50 ހާއިރު ކަމަށެވެ. އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި އޭނާ ވަނީ މަރުވެފަ އެވެ.
އޭނާއަށް ހަމަލާދީފައި ވަނީ ކޮންކަހަލަ ހަތިޔާރަކުންކަން އަދި ސާފެއް ނުވެ އެވެ. އަދި ލިބިފައި ވަނީ ކޮންކަހަލަ ޒަހަމެއް ކަމެއް ވެސް އަދި ނޭންގެ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، މައްސަލައިގެ ތަހުގީގަށް މާލޭން ތަހުގީގު ޓީމެއް އެރަށަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.