އިންޑިއާގެ ހޮހަޅައެއްގައި އަަށް އަހަރުވަންދެން ދިރިއުޅެމުން ދިޔަ ރަޝިއާ އަންހެނަކު ފެނިއްޖެ

ރަޝިއާގެ މި އަންހެން މީހާ އެތަނުގައި އުޅޭތާ އަށް އަހަރު ވަނީ ވެފަ އެވެ. މި އަންހެން މީހާގެ އިތުރުން ދެ ކުދިންވެސް ތިއްބެވެ.

އިންޑިއާގެ ފަރުބަދައިގެ ހޮހަޅައެއްގައި ފިލައިގެން އުޅޭ ރަޝިއާ އަންހެނަކު އަށް އަހަރު ފަހުން ހޯދައިފި އެވެ. 

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ގައުމުގެ ކަރްނާޓަކާގެ ގޯކަރްނާގެ ރަމަތިރްތާ ފަރުބަދަ މަތީގައި ހުރި ދުރު އަދި ނުރައްކާތެރި ހޮހަޅައެއްގައި ދިރިއުޅެމުން ދިޔަ ރަޝިޔާގެ މި އަންހެން މީހާއަކީ 2017 ވަނަ އަހަރު ވިސާ ހަމަވެފައިވާ އަންހެނެކެވެ. މި އަންހެން މީހާގެ އިތުރުން މި ހޮހަޅާފައި އޭނާގެ އަންހެން ދެ ކުދިންވެސް ދިރިއުޅެމުން ދިޔަ އެވެ. 

ރަޝިއާގެ މި އަންހެން މީހާ އިންޑިއާގެ ފުލުހުންނަށް ފާހަގަވީ އެ ސަރަހައްދުގެ މޫސުން ގޯސްވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއަކާ ގުޅިގެން މީހުން ހޯދުމާއި މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން އުޅުމުގެ ތެރޭގަ އެވެ.

ކެޓްރީގެ ކިޔާ 40އ.ގެ މި އަންހެން މީހާ ފުން މި ހޮހަޅާގައި ދިރިއުޅެމުން ގޮސްފައިވަނީ އޭނާގެ ނަން މޯހިނީއަށް ބަދަލުކޮށްގެންނެވެ. މީގެ އަށް އަހަރު ކުރިން 2017 ވަނަ އަހަރު އިންޑިއާގެ ގޯއާއަށް ޗުއްޓީ ހޭދަކުރަން އައި މި އަންހެން މީހާ ދެ އަންހެން ކުދިންވެސް ތިއްބެވެ. 

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި އަންހެން މީހާއާއި އޭނާގެ ދެ ކުދިން އެމީހުންގެ ގައުމަށް ފޮނުވާލުމުގެ ތައްޔާރީތައް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.